ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް ގެންނަ އިސްލާހުތައް ދިރާސާކުރުމަށް މުޅި މަޖިލީހުގެ ކޮމިޓީއަށް

ޝެއާރކޮށްލާ ކަހަލަދޯ؟

އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް ގެނައުމަށް ހުށައަޅުއްވާފައިވާ އިސްލާހުތައް ދިރާސާކުރުމަށް މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސްކޮށް ނިންމާ ވޯޓަށް އަހާފައެވެ. ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް ބިލަށް ހުށައެޅުއްވި އިސްލާހު މަޖިލީހަށް ބަލައިގަނެ، ބިލު ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވުމަށް ފާސްވީ 62 މެމްބަރުންގެ ވޯޓުންނެވެ. މިބިލު ބަލައިނުގަތުމަށް އެއްވެސް މެމްބަރަކު ވޯޓު ދެއްވާފައެއް ނުވެއެވެ.

މެމްބަރު ވިސާމް ހުށައަޅުއްވާފައިވާ އިސްލާހުތަކުގެ ތެރޭގައި ރާއްޖެ އެތެރެކުރާ ބައެއް ތަކެތިން ޑިޔުޓީ ކަނޑާލުމަށް ނިންމާފައިވާއިރު، އަނެއްބައި ތަކެތީގެ ޑިޔުޓީ ބޮޑުކުރުމަށް ވަނީ ނިންމާފައެވެ.

ޑިޔުޓީ ކަނޑާލުމަށް ނިންމާފައިވާ ތަކެތީގެ ތެރޭގައި އާންމު ދިރިއުޅުމުގައި ބޭނުންކުރާ ގިނަ ތަކެއްޗާއި، މަސްވެރިކަމާއި ކޮންސްޓްރަކްޝަން ދާއިރާއަށް ބޭނުންވާ ތަކެތި ހިމެނެއެވެ. މީގެ އިތުރަށް ގޭތެރެއަށް ބޭނުންވާ ބައެއް ސާމާނުންނާއި އަންނައުނު އުފެއްދުމަށް ބޭނުންކުރާ ސާމާނު އަދި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ބޭނުންވާ ބައެއް ތަކެތިން ޑިޔުޓީ ކަނޑާލުމަށް ވަނީ ނިންމާފައެވެ.

ޑިޔުޓީ ބޮޑުކުރުމަށް ނިންމާފައިވާ ބައެއް ތަކެތީގެ ތެރޭގައި ސޮފްޓް ޑްރިންކްސް އަދި ދުންފަތުގެ އިސްތިއުމާލްކުރުމަށް ބޭނުންކުރާ ތަފާތު ސާމާނާއި އެކި ބާވަތްތަކުގެ ޕްރޮސެސްޑް ކާބޯތަކެތި ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: