ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”މުސާރަ ނުދޭތާ ހަތް މަސް، އަތުގަ އޮތް މި ފޯނުން އާއިލާއަށް ގުޅޭނެ ގޮތެއް ވެސް ނެތް“!

ހުޅުމާލޭގައި ބިދޭސީން ކުރި މުޒާހަރާގެ ތެރެއިން، ބިދޭސީންނަށް މުސާރަ ނުދޭތާ ވަނީ ހަތް މަސް ދުވަސް ވެފައި / ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގައި ފުލުހުންނާއި ސިފައިންގެ ފްލެޓުތައް ހަދަމުންދާ އައިލެންޑް އެކްސްޕާޓް ކުންފުނީގެ ބިދޭސީ މުވައްޒަފުންނަށް މުސާރަ ނުދޭތާ ހަތް މަސް ވެފައިވާ ކަމަށް އެ މީހުން ބުނެފިއެވެ.

މުސާރަ ނުދީ މަސައްކަތް ކުރުވާތީ، އެކަމާ ހިތްހަމަނުޖެހި ބިދޭސީން ވަނީ މިއަދު ހުޅުމާލޭގައި މުޒާހާރާކޮށްފައެވެ. މިއަދުގެ އެ މުޒާހަރާގައި 100 އެއްހާ ބިދޭސީން ބައިވެރިވީއިރު ކުންފުނީގައި މަސައްކަތް ކުރަމުން އަންނަ 600 އަށް ވުރެ ގިނަ މުވައްޒަފުންނަށް ފާއިތުވެ ދިޔަ ހަތް މަސް ދުވަހުގެ މުސާރަ ދީފައިނުވާކަމަށް އެ މީހުން ވަނީ ބުނެފައެވެ.

”ސަންގު“ އާއި އެ ބިދޭސީން ވަނީ ވާހަކަ ދައްކާފައެވެ. އަދި ބުނީ މުސާރަ ނުދޭތީ އެކަމާއި ވަރަށް ކަންބޮޑުވާކަމަށާއި، އާއިލާއަށް ފޮނުވާނެ އެއްޗެއް ވެސް ނެތް ކަމަށެވެ. ގައުމުގައި އެ މީހުންގެ މައިންބަފައިންނާއި، ދަރިން ތިބިއިރު އެ މީހުން ވެސް ތިބެން ޖެހެނީ ނުކައި ކަމަށް ބިދޭސީން ވަނީ ބުނެފައެވެ. މީ ވޭތުވެ ދިހަ ހަތް މަސް، އަށް މަސް ދުވަހުގެ ވެސް ހާލު ކަމަށާއި މުސާރަ ދިނުމަށް އެތައް ފަހަރަކު އެދިފައިވާނެ ކަމަށް ބިދޭސީން ބުންޏެވެ. މަހެއްގެ މައްޗަށް 400 ޑޮލަރު ދޭންޖެހޭއިރު ތަނުގައި ތިބި ގިނަ މީހުންނަކީ އަހަރު ދުވަސްވެފައިވާ މުވައްޒަފުން ކަމަށް ވެސް އެ މީހުން ބުންޏެވެ. ބިދޭސީން ބުނީ، މިއަދުގެ އެއްވުން ނިންމާލިޔަސް އަދިވެސް ނިކުންނާނެ ކަމަށެވެ. އަދި އެ މީހުން ބޭނުންވަނީ އާއިލާއަށް ފޮނުވާނެ ފައިސާ ކަމަށް ވެސް ވަނީ ބުނެފައެވެ.

އެކޮމޮޑޭޝަންގެ އިންތިޒާމުތަކަށް ބަލާބެލުމަށް އެއީ ދިރިއުޅެން އެކަށީގެންވާ ތަނެއް ނޫން/ ފޮޓޯ: ސަންގު

ބިދޭސީން ބުނީ، މުސާރަ ދޭނަމަ އެކަމަށް ވަގުތު ދޭނެ ކަމަށެވެ. އަދި އެ މީހުން މުސާރަ ދޭން ވަކި ތާރީހެއް ދީފިނަމަ އެކަމަށް ވެސް އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. ނަމަވެސް ވީހާވެސް އަވަހަށް އިންތިޒާމުތައް ހަމަޖެހެން ބޭނުންކަމަށް ބުންޏެވެ.

އެ މީހުންނާއި ހަވާލުވެގެން ހުންނަ ބޮޑު މީހާ ކޮބާތޯ އާއި، އޭނާ އެއްވެސް ވާހަކައެއް ދެއްކިތޯ ސުވާލު ކުރުމުން ސަންގު އާއި ވާހަކަ ދެއްކުމަށް އެ މީހުން ގެނައީ އިތުރު ބިދޭސީއެކެވެ. އޭނާ ވެސް ދިނީ ހަމަ އެއް ޖަވާބެކެވެ. މުސާރަ ނުދޭ ވާހަކަ އާއި، ތަނުގައި 600 މީހުން ތިބިއިރު މުސާރަ ނެތި މަސައްކަތް ކުރާތާ އަށް މަހާއި ގާތް ވެއްޖެ ކަމަށެވެ.

އިތުރު ބިދޭސީއެއް ކެއުމުގެ އިންތިޒާމުތަކާއި ގުޅޭގޮތުން ވެސް ވާހަކަ ދެއްކިއެވެ. އަދި ބުނީ ކެއުން ވަރަށް ގޯސް ކަމަށެވެ. ބަޔަކާއި ހަވާލުކޮށްގެން ކެއުން ފޯރުކޮށްދޭއިރު އެ މީހުން ސިފަ ކުރީ އެއީ ”ސަކަރާތް“ ކެއުމެއްގެ ގޮތުގައެވެ.

މުސާރަ ނުދޭތާ ހަތް މަސް ދުވަސް ވީއިރު، ކެއުމުގެ އިންތިޒާމުތައް ވަރަށް ގޯސް ކަމަށް އެ މީހުން ބުނޭ/ ފޮޓޯ: ސަންގު

ވާހަކަ ދެއްކުމުގެ ތެރެއިން އެތަނަށް އައި އިތުރު ބިދޭސީއެއް އޭނާގެ އަތުގައި އޮތް ފޯނު ދެއްކުމަށްފަހު ބުނީ ”އާއިލާއަށް ގުޅަން މި ފޯނަށް އަޅާނެ ލާރި ވެސް ނެތް“ ކަމަށެވެ. އަދި އުޅެނީ ވަރަށް ދަތިކޮށް ކަމަށް އޭނާ ވަނީ ބުނެފައެވެ.

ބިދޭސީން ދިރިއުޅެމުން އަންނަ ތަނަކީ ބަލާ ބެލުމަށް ވަރަށް ކުޑަތަނެކެވެ. އަދި އެ ތަނަކީ އެއީ 600 މީހުން ދިރިއުޅެން ހެޔޮވާނެ ވަރުގެ ވެސް ތަނެއް ނޫނެވެ.

https://twitter.com/Meythss_/status/1280065700044763136

ރާއްޖޭގައި ބިދޭސީން ލައްވާ މަސައްކަތް ކުރުވާ ހައްގުވާ މުސާރަ ނުދޭ މައްސަލަ ވަނީ ވަރަށް ބޮޑުވެފައެވެ. އަދި އެތައް މަސްތަކެއް ވަންދެން ވެސް މުސާރަ ނުދީ ކޮންސްޓްރަކްޝަން ސައިޓުތަކުގައި މަސައްކަތް ކުރުވައެވެ. މީގެ ތެރޭގައި ގިނައީ ރާއްޖޭގެ ބޮޑެތި ވިޔަފާރިވެރިންނާއި، މަޝްހޫރު ބޮޑެތި ކުންފުނިތަކެވެ. އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ މީހުންގެ ވެސް އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ރާއްޖޭގައި ބިދޭސީންނާއި މެދު ގެންގުޅޭ ތަފާތު ކުރުން ތަކެވެ.

ގިނަ ބިދޭސީން ދިރިއުޅެން ހަމަޖައްސާފައިވާ އެކޮމޮޑޭޝަން ބްލޮކްތަކާއި، ކެއުމުގެ އިންތިޒާމުތަކަކީ އެންމެ ރަނގަޅަށް ވެސް ކުރެވޭ ކަންތަކެއް ނޫނެވެ.

މިއަދުގެ މުޒާހަރާގެ ތެރެއިން ވެސް، މާބޮޑު ހަމަނުޖެހުމެއް ހިނގައިނުދިޔަ ނަމަވެސް ފުލުހެއް ބިދޭސީއެއް ގައިގަ ހިފާ ކޮށްޕާލާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: