ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިނަދޫއަށް އުދަ އެރުމާއި ގުޅިގެން ކުއްލި މައްސަލައެއް ހުށަހަޅައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ގދ. ތިނަދޫ އަށް މޫސުން ގޯސްވެ އުދަ އެރުމާއި ގުޅިގެން އެކަމުގެ ކަންބޮޑުތައް ހިއްސާކުރުމަށް ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

މި މައްސަލަ މަޖިލީހަށް ހުށަހެޅީ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފެވެ. އޭނާ ހުށަހެޅުއްވި ކުއްލި މައްސަލަ އަށް ބަހުސް ކުރުމަށް 37 މެންބަރަކު ވޯޓު ދެއްވިއެވެ.

ކުއްލި މައްސަލަ ހުށަހަޅުއްވަމުން ސަނީފް ވިދާޅުވީ ތިނަދޫއަށް އުދަ އެރުމާއި ގުޅިގެން އެރަށުގެ ރައްޔިތުންގެ ގެދޮރަށާއި މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށެވެ. އަދި މިއީ ކޮންމެ އަހަރަކުވެސް ދިމާވަމުން އަންނަ ކަމެއް ކަމަށާއި ކޮންމެ އަހަރަކުވެސް ހަޔެއްކަ ފަހަރު އެގޮތަށް ދިމާވަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

ސަނީފް ވިދާޅުވީ އުދައެރުމުގެ ސަބަބުން އޮޑިދޯނި ފަހަރަށް ގެއްލުންލިބި، މަހަށް ނުފުރި އޮޑި މަރަމާތު ކުރުމަށް ފައިސާ އާއި ވަގުތު ހޭދަކުރަން ޖެހުންމުންވެސް އުނދަގޫތަކާ ކުރިމަތިވާ ކަމަށެވެ.

މިހާތަނަށް އުދަ އެރުމާއި ގުޅިގެން ދިމާވާ ކަންކަމަށް ހައްލެއް ލިބިފައި ނުވާ ކަމަށާއި އުދަ އެރުމުގެ ސަބަބުން ރަށުގެ ބަނދަރުގައި އަޅާފައިވާ އޮޑި ދޯނި ފަހަރަށް ގެއްލުންވެފައިވާ ކަމަށް ސަނީފް ވިދާޅުވިއެވެ.

އެރުމުގެ ސަބަބުން ކުރިމަތިވާ ކަންކަމަށް ދާއިމީ ހައްލެއް ނުލިބޭ ނަމަ، ތިނަދޫ އާއި އެ އަތޮޅުގެ ރައްޔިތުންނަށް ތަކުލީފުތައް ނުހަނު ބޮޑަށް ލިބި، ދިރިއުޅުމަށް ނޭދެވޭ އަސަރު ކުރާނެ ކަމަށް ވެސް ސަނީފް ވިދާޅުވިއެވެ.

ސަނީފް ވިދާޅުވީ ކަންކަން ދިގުލައިގެން ދިޔުމަކީ ތިނަދޫގެ 12،000 އެއްހާ ރައްޔިތުންނާއި ފެރީތަކުން އެ ރަށަށް އަންނަ 1،500 އެއްހާ މީހުންނަށް ނުރައްކާތެރި ކަމެއް ކަމަށެވެ.

ކަމާބެހޭ އިދާރާތަކުން ރާއްޖޭގައި އެންމެ ގިނައިން އުދައަރާ ރަށްތަކަކީ ކޮބައިތޯ ބަލަންޖެހޭ ކަމަށާއި އުދައެރުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް އެ ރަށްތައް ދެނެގަތުން މުހިންމު ކަމަށް ސަނީފް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: