ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނޭކުރަންދޫ ކަނޑޫފާ: އޭރާއި މިހާރުގެ ތަފާތު ބުނެދިނުމަށް ކަނޑޫ މަޖިލީހަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

ނޭކުރެންދޫ ކަނޑޫ ފަލަކީ ވޯޓާއި ގުޅިފައިވާ ތަނެއްކަމަށް މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ވިދާޅުވެއްޖެއެވެ.

ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް ހުށައެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން ރާއީ ވަނީ ކަނޑޫފާއަށް ލިބެމުންދާ ގެއްލުންތައް ބޮޑުވެފައިވާކަން ފާހަގަކުރައްވާ އެތަނުގެ ކަނޑުލަށް އައިސްފައިވާ ބަދަލުތައް ހިއްސާކޮށްފައެވެ.

އެގޮތުން ކަނޑޫފާ މީގެ ކުރިން އޮތް ގޮތާއި މިހާރު އޮތް ގޮތުގެ ފޮޓޯވަނީ ހިއްސާ ކުރައްވާފައެވެ. މިހާތަނަށް އައިއިރު ގާތްގަނޑަކަށް ދިހަހާހެއްހާ ކަނޑޫ ގަސް ހަލާކުވެފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ކަނޑުލަށް އަންނަމުންދާ ބަދަލުތައް ދެއްކުމަށްޓަކައި މަޖިލީހަށާއި އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގެ މުގައްރިރަށް ކަނޑޫ ވަނީ ހަދިޔާކޮށްފައެވެ. އަދި މިމައްސަލައަކީ ޚައްސާސް މައްސަލައެއްކަމުގައި ދެކި މިކަމަށް ހައްލެއް ހޯދައިދިނުމަށް ވަނީ އެދިވަޑައިގެންފައެވެ.

މިމައްސަލަ ދިރާސާ ކުރުމަށްޓަކައި މިނިސްޓްރީގެ ތަޖުރިބާކާރުން އެރަށަށް މިހާރު ގޮސްފައިވާ ކަމަށް މެމްބަރު ރާއީ ވިދާޅުވިއެވެ. އެހެންނަމަވެސް، ހަމައެކަނި އެރަށަށް ގޮސްގެން މިމައްސަލަ ނިންމަން ބޭނުންނުވާ ކަމަށާއި އެކަމަށް ހައްލެއް ބޭނުންވާ ކަމަށް ވިދާޅުވިއެވެ. އަދި އެކަމާއި ގުޅޭ މަޝްވަރާތައް ކުރުމަށް މިއަދުގެ ވަގުތެއްގައި އެންވަޔަރަމަންޓް މިނިސްޓަރާއި ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

މިމައްސަލައަށް އަލިއަޅުއްވާލައްވައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ނޭކުރަންދޫ ކަނޑޫފަލަކީ މިސަރަހައްދުގައި އޮތް އެންމެ ބޮޑު ކަނޑޫފާ ކަމަށެވެ. އަދި ދެކަނޑުލުގައި ހުރި ތަފާތު މަޖިލީހަށް ވަނީ ދައްކާލާފައެވެ.

ނޭކުރެންދޫ ކަނޑޫފާ ހަލާކުވަމުންދާ މައްސަލައަށް ހައްލު ހޯދައިދިނުމަށް އެދި އެރަށުގެ ރައްޔިތުންނާއި ތިމާވެށްޓަށް ލޯބިކުރާ ގިނަ އާންމުން އަންނަނީ އަޑު އުފުލަމުންނެވެ. ހިމާޔަތްކޮށްފައިވާ ކަނޑޫފާ ހަލާކުވަމުންދާތީ މީގެ ކުރިންވެސް އެރށު ކައުންސިލުން ވަނީ އެކަން ސަރުކާރުގެ ސަމާލުަކަމަށް ގެނެސްފައެވެ.

މިކުއްލި މައްސަލައަށް ބަހުސް ކުރެއްވިއިރު، މެމްބަރުން ވަނީ މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން މެމްބަރުންގެ ދާއިރާތަކުގެ ރަށްތަކަށް ވަމުންދާ ގެއްލުންތައް ހިއްސާ ކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: