ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީ މެމްބަރުންގެ ހިތްހަމަނުޖެހުން އޭސީސީއަށް، މަގާމުން ދުރުކޮށްފާނެ ކަމުގެ އިންޒާރު!

މަޖިލީހަށް އޭސީސީ ހާޒިރުކޮށް މީގެ ކުރިން ބޭއްވި ކޮމިޓީ ބައްދަލުވުމެއްގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެމްބަރުން މަގާމުން ދުރުކުރަންޖެހޭ ފަދަ މޭރުމަކުން ވާހަކަދައްކާ ކޮމިޝަންގެ މެމްބަރުންނަށް މަގާމުގެ މަސްއޫލިއްޔަތު އަދާ ނުކުރެވޭ ކަމަށް އްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާ ކޮމިޓީ މެމްބަރުން ތުހުމަތުކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސިސް ކޮމިޓީއަށް އޭސީސީ ހާޒިރު ކުރިއިރު އެ ކޮމިޓީގައި މެމްބަރުންގެ ފާޑުކިޔުމާއި ބަހުގެ ހަމަލާތައް ކޮމިޝަނަށް ރައްދުވެގެން ދިޔައެވެ. އަދި މެމްބަރުން ވަނީ އޭސީސީގެ މެމްބަރުން މަގާމުން ވަކި ކުރާނެ ކަމުގެ އިންޒާރު ވެސް ދީފައެވެ.

އޭސީސީއަށް އެންމެ ބޮޑަށް ފާޑުކިޔުން އަމާޒު ކުރެއްވީ ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލޭ) އެވެ. މެމްބަރުން މަގާމުން ވަކި ކުރަން ޖެހިދާނެ ކަމުގެ އިންޒާރު ދެއްވާ ހަލީމް ވިދާޅުވީ ކޮމިޝަން އޮތީ ފެއިލްވެފައި ކަމަށެވެ. މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ވެސް ޕްރޮސެކިއުޓާއަށް ތުހުމަތު ކުރެވޭ މީހުންގެ ލިސްޓެއް ފޮނުވަން އެންގުމުން ވެސް އެކަމަށް ވެސް ފާޅުގައި ނޫނެކޭ ބުނެފައިވާ ކަމަށާއި، އެއީ ބިރުވެރިކަމެއްގެ ގޮތުގައި ހަލީމް ވަނީ ވިދާޅުވެފައެވެ.

ހަލީމް ވިދާޅުވީ، ރަނގަޅުގޮތުގައި މަގާމުގެ މަސްއޫލިއްތު ކޮމިޝަންގެ މެމްބަރުންނަށް އަދާ ނުކުރެވޭނަމަ އިތުރު ގޮތެއް ހޯދަން ޖެހިދާނެ ކަމަށެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުގައި ހިންގިކަމަށް ބުނާ ކޮރަޕްޝަންގެ އަމަލުތަކާއި އަދި ތުހުމަތު ކުރެވުނު ކަންތަކަކީ ސާފުކޮށް ފެންނަން އޮތަ ކަމެއްގެ ގޮތުގައި ވިދާޅުވެ ހަލީމް ވަނީ އޭސީސީއަށް ކުޑަމިނުން އެ މައްސަލަތައް ވެސް ކުރިޔަށް ނުގެންދެވޭ ކަމަށެވެ.

އޭސީސީން މައްސަލަތައް ބެލުމަށް އިސްކަން ދޭ ތަރުތީބާއި، މިހާތަނަށް ކުރިޔަށް ގެންދިޔަ މަސައްކަތްތަކަށް ވެސް ފާޑުވިދާޅުވެ ހަލީމް ވަނީ އޭސީސީއަށް މުހިންމުވަނީ ތަނެއްގެ އިދާރީ މައްސަލައެއް ބެލުންކަމުގައި ވިދާޅުވެފައެވެ. ކޮމިޓީގައި އޭސީސީން ނިންމާފައިވާ ބައެއް މައްސަލަތަކުގެ ތަފާސްހިސާބުތައް ވިދާޅުވެދެއްވާ ހަލީމް ވިދާޅުވީ 2019 ވަނަ އަހަރު އޭސީސީން 710 މައްސަލައެއް ނިންމި ކަމަށެވެ. އެހެން ނަމަވެސް އޭގެ ތެރެއިން ތިން މައްސަލައެއް ފިޔަވާ އަނެއް 707 މައްސަލައެއް ނިންމާފައިވަނީ އެކަށީގެންވާ ހެއްކާއި ގަރީނާ ނުލިބޭކަމަށް ބުނެ ކޮރަޕްޝަންގެ އަމަލެއް ނެތް ކަމަށް ބުނެ ކަމަށް ހަލީމް ވިދާޅުވިއެވެ. މައްސަލަތުގެ ތެރެއިން ކުރިން ފާހަގަ ކުރި ތިން މައްސަލައިގެ ތެރެއިން، ދައުވާ ކުރަން ހުށަހެޅީވެސް އެންމެ މައްސަލައަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.

 

”2019 ވަނަ އަހަރު އެ ކޮމިޝަނުން 710 މައްސަލައެއް ނިންމާފައިވޭ. އޭގެ ތެރެއިން 707 މައްސަލަ ނިންމާފައިވަނީ، އެކަށީގެންވާ ހެކި ގަރީނާ ނުލިބޭތީ، ކޮރަޕްޝަންގެ އަމަލެއް ނުހިނެމޭ ކަމަށް ބުނެ. ދައުވާ ކުރަން ޕީޖީއަށް ހުށަހެޅީ، ތިން މައްސަލައެއް. 2020 ވަނަ އަހަރު ޖިނާއީ ދައުވާކުރަން ޕީޖީއާއެކު މަޝްވަރާ ކުރި އިރު، ދައުވާ ކުރަން ހުށަހެޅީ އެންމެ މައްސަލައެއް“ ހަލީމް

ހަލީމްގެ މި ފާޑުކިޔުންތަކާއި އެކު އެހެން މެމްބަރުން ވެސް އޭސީސީގެ މެމްބަރުންނަށް މަގާމުގެ މަސްއޫލުއްތުތައް އަދާ ނުކުރެވޭކަމަށް ބުނެ ވާހަކަ ދެއްކެވިއެވެ. އެގޮތުން ކޮމިޓީގައި ހުންނެވި ލ. ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް ވިދާޅުވީ އޭސީސީގައި ހުރީ ރައްޔިތުންނާއި ގުޅިފައިވާ، ކަންބޮޑުވުންތަކެއް ގިނަ މައްސަލަތަކެއް ކަމަށެވެ. އެހެން ކަމުން، މައްސަލަތައް ގޮސްފައިވާ ހިސާބު ބުނެދީ، އެކަމުގެ އަޕްޑޭޓެއް ކޮމިޝަނުން ދޭންޖެހޭނެ ކަމަށް ވިސާމް ވިދާޅުވިއެވެ. މީގެ ކުރިން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން އޭސީސީގެ ރައީސް ޝިއުނާ ވަނީ މައްސަލަތައް ތަހުގީގު ކުރަނީ ކުރީގެ ސަރުކާރަކަށް ބަލައިގެން ނޫން ކަމަށެވެ. އަދި ވަކި ބައެއްގެ މައްސަލަތައް ބަލަން ވެސް މަސައްކަތް ނުކުރާކަމަށް ވިދާޅުވެފައިވެއެވެ. އެ ޖަވާބަށް ފާޑުވިދާޅުވެ ވިސާމް ވަނީ އެއީ ކޮމިޝަންގެ ރައީސަކަށް ޖަވާބު ދެވިގެންވާނެ ގޮތެއް ނޫން ކަމަށް ވިދާޅުވެފައެވެ. އަދި މިއީ ކޮންމެހެން ވަކި ބައެއްގެ މަސްލަހަތެއް އޮވެގެން މެމްބަރުން ދައްކަވާ ވާހަކައެއް ނޫން ކަމަށް ވެސް ވިސާމް ވިދާޅުވިއެވެ.

އޭސީސީ މެމްބަރުންނަށް ފާޑުކިޔުން އަމާޒުކޮށް، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ވެސް ފުރުއްވާ ހަސަން ލަތީފް ވިދާޅުވީ އޭސީސީގެ މަސައްކަތްތައް ގޮސްފައިވާ ހިސާބު ބަލަން ޖެހޭ ކަމަށެވެ. އަދި އޭނާ ވަނީ އެކަމުގައި މަޖިލީހުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ގޮވާލާފައެވެ. އަދި ހަސަން ލަތީފް ވިދާޅުވެފައިވަނީ ރިޔާސީ އިންތިހާބާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ދިމާކޮށް އެމްޑީޕީން ވެފައިވާ އެންމެ ބޮޑު ވައުދަކީ ކުރީގެ ސަރުކާރުން ހިންގާފައިވާ ކޮރަޕްޝަންގެ އަމަލުތައް ބެލުން ކަމަށެވެ.

މެމްބަރުންގެ ބޮޑެތި ފާޑުކިޔުންތަކަށްފަހު، ކޮމިޓީގައި ފާސްވީ ހަސަން ލަތީފް ހުށަހެޅި ސިޓީއާއި އެއްގޮތަށް އޮޑިޓާރ ޖެނެރަލް މެދުވެރިކޮށް އޮޑިޓަށް ހެދުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: