ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލ.ފޮނަދޫ މަގުހެދުމުގެ މަޝްރޫޢުގެ 59 އިންސައްތަ މަސައްކަތް އެމްޓީސީސީން ނިންމައިފި

ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް
ޝެއާރކޮށްލާ ކަހަލަދޯ؟

ލ.ފޮނަދޫ މަގުހެދުމުގެ މަޝްރޫޢުގެ 59 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް އެމްޓީސީސީން މިއަދު ބުނެފިއެވެ.

މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އެމްޓީސީސީއާއި، ހަވާލުކޮށްފައިވާ މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ 2019 ވަނަ އަހަރުގެ ޖޫން މަހުގެ 26 ވަނަ ދުވަހުގައިކަމަށް އެ ކުންފުނިން ބުނެއެވެ. މި މަޝްރޫޢުގެ މަސައްކަތްތައް މިހާރު ކުރިއަށްދާގޮތާ ބެހޭގޮތުން މަޢުލޫމާތު ހާމަކުރަމުން އެމްޓީސީސީން ބުނީ، ފޮނަދޫ މަގުތަކުގައި ހުރި ގާތައް ނެގުމުގެ މަސައްކަތާއި، މަގު އެއްވަރުކުރުމާއި، ސަބް ގްރޭޑިންގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށެވެ.

މި މަޝްރޫޢުގެ ދަށުން އެ ރަށުގެ 12 މަގެއްގައި، 27،848 އަކަ މީޓަރުގެ ތާރު އަޅާނެކަމަށާއި، އެއީ 3.5 ކިލޯ މީޓަރުގެ ސަރަހައްދެއްކަމަށް ވެސް އެމްޓީސީސީން ބުނެއެވެ. މީގެ އިތުރުން، ފޮނަދޫގައި ސްޓޯމް ވޯޓާ މެނޭޖްމަންޓް ސިސްޓަމެއް ޤާއިމުކުރުމަށް ހަމަޖެހިފައިވާކަމަށާއި، މި ގޮތުން އެ ރަށުގެ މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ގެނެވޭނެކަމަށް ވެސް އެމްޓީސީސީން ބުނެއެވެ. ހަމައެއާއެކު މި މަޝްރޫއުގެ މަސައްކަތްތަކުގެ ތެރެއިން، މަގުމަތީގެ ނިޝާންތައް ފާހަގަކޮށް ސްޕީޑް ބްރޭކަރުތައް ހަރުކުރުމުގެ މަސައްކަތްކުރުމަށް ވެސް ހަމަޖެފައިވާކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.

https://twitter.com/MTCCPlc/status/1282876919986352129?s=20

25.5 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ 59 އިންސައްތަ މަސައްކަތް އެމްޓީސީސީން ނިންމާފައިވާއިރު، އެ ކުންފުނިން ދަނީ މިފަދަ ބޮޑެތި މަޝްރޫޢުތައް ހަލުވިކަމާއެކު ކުރިއަށް ގެންދަމުންނެވެ. މި ގޮތުން އެ ކުންފުނިން މިހާރު ވަނީ، ބ.އޭދަފުށީ މަގުހެދުމުގެ މަޝްރޫޢުގެ މަސައްކަތްތަކުގެތެރެއިން 79 އިންސައްތަ މަސައްކަތް ނިންމާފައެވެ. އެ މަޝްރޫޢުގެ ދަށުން، އެ ކުންފުނިވަނީ ސްޓޯރމް ނެޓްވަރކް ޤާއިމުކުރުމުގެ މަސައްކަތުގެ 75 އިންސައްތަ ނިންމައި، އެގްރިގޭޓް ބޭސް ކޯސް ލެޔަރ އެޅުމުގެ މަސައްކަތުގެތެރެއިން 64 އިންސައްތަ މަސައްކަތް ނިންމާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: