ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުވާ ކުރީ ރަނގަޅަށް ނޫން ކަަމަށް ނިންމައި މައްސަލަތައް ބޭރު، އަދީބު މިނިވަން ވެއްޖެ

ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު / ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރުގެ މައްޗަށް ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) ގެ ފަރާތުން ފަހުން އުފުލި ހަތް ދައުވާ އުފުލާފައި ވަނީ ގާނޫނީ ހަމަތަކާ ހިލާފަށް ކަމަށް ނިންމައި އެ މައްސަލަތައް ކްރިމިނަލް ކޯޓުން ބޭރުކޮށްލައިފިއެވެ.

ތަހުގީގަށް އެއްބާރުލުން ދިނުމަށް ދައުލަތާއި އެކު އެއްބަސްވުމެއް ގާއިމްކޮށްފައިވަނިކޮށް އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތާ ގުޅޭ ހަތް ދައުވާއެއް އަދީބުގެ މައްޗަށް އުފުލާފައިވާކަން ޕީޖީއިން ހާމަކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މައްސަލައިގައި އަދީބަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވައިގެން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ފައިދާ ހޯދައިދިނުމުގެ ދައުވާ ހިމެނެއެވެ. އަދީބުގެ މައްޗަށް ހަތް ދައުވާ ވެސް އުފުލީ އެމްއެމްޕީއާރްސީގެ ތެރެއިން 2014 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާއި ދެމެދު ހިންގި ކޮރަޕްޝަނާއި މަނީ ލޯންޑްރިން މައްސަލައާ ގުޅިގެންނެވެ.

އަދީބުގެ މައްޗަށް އުފުލި ހަތް ދުވައުވާގެ ތެރޭގައި ހިމެނެނީ:
– މަނީ ލޯންޑްރިންގެ ދެ ދައުވާ
– ހިޔާނާތުގައި ބައިވެރިވި ކަމުގެ ދެ ދައުވާ
– މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދައުވާއެއް
– މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމުގެ ދައުވާއެއް
– ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާއެއް

އަދީބު މިނިވަންވީއިރު އޭނާގެ މައްޗަށް މިހާރު ޖަލު ހުކުމެއް ނެތެވެ. ބަންދުގައި ހުންނެވީ ދައުވާތަކުގެ ޝަރީއަތަށެވެ.

އަދީބުގެ މައްޗަށް ކުރިން އިއްވި 33 އަހަރުގެ ޖަލު ހުކުމްތައް ވެސް މަތީ ކޯޓުތަކުން މިދިޔަ އަހަރު އޮތީ ބާތިލްކޮށްފަ އެވެ.

މިދިޔަ އާދިއްތަ އޮތް ޝަރީއަތުގެ މަޖިލީހުގެ ކުރިން ދައުލަތާއެކު ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން އެ ހަތް މައްސަލައިގައިވެސް އަދީބު ދައުވާއަށް އިއުތިރާފުވާނެ ކަމަށް މީގެ ކުރިން ފުލުހުން ވަނީ ބުނެފަ އެވެ. ދައުލަތުން ބުނެފައި ވަނީ އެއްބަސްވުން ހަދަން ހުށަހެޅުއްވީ އަދީބު ކަމަށެވެ.

އާދިއްތަ ދުވަހު ގާޒީ އިސްމާއީލް ރަޝީދު ބެއްލެވި މައްސަލައިގެ ޝަރީއަތުގެ އަޑު އެހުމުގައި އަދީބު ވިދާޅުވީ އެއްބަސްވުން ހަދަން ހުށަހެޅުއްވީ އޭރުގެ ޕީޖީ އައިޝަތު ބިޝާމް ކަމަށާއި އެއްބަސްވުމުގައި ސޮއި ކުރީ ބޭސްފަރުވާއަށް ބޭނުންވެފައި ހުންނެވުމުން އެހެން ގޮތެއް ނެތިގެން ކަމަށެވެ.

އެދުވަހުގެ ޝަރީއަތުގައި ގާޒީވަނީ އެއްބަސްވުމާއި ގުޅޭގޮތުން ވަރަށް ގިނަ ސުވާލު އަދީބާއި ކުރައްވާފައެވެ. އަދި މިއަދި ގާޒީ ނިންމެވީ ދައުލަތުން ހެދި އެއްބަސްވުމަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ބާރު ލިބޭ އެއްބަސްވުމެއް ނޫން ކަމަށެވެ.

ގާޒީ އިސްމާއިލް ރަޝީދު ވިދާޅުވީ އަދީބުގެ މައްޗަށް އާ ދައުވާތަކެއް އުފުލުމުގައި އަމަލު ކޮށްފައިވަނީ ގާނޫނު ނުދަންނަ ގޮތްތަކެއް މަތިން ކަމަށެވެ.

އަދީބުގެ މައްޗަށް މީގެކުރިން އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ މައްސަލައެއް ސާބިތުވި އެވެ. އެއީ މާބިންހުރާ މައްސަލަ އެވެ. އެ މައްސަލާގައި ކުރިމިނަލް ކޯޓުން އިއްވާފައި އޮތް 10 އަހަރުގެ ޖަލު ހުކުމް ބާތިލްކޮށް ހައިކޯޓުން އެންގީ މައްސަލަ އަލުން ކުރިމިނަލް ކޯޓުން ބެލުމަށެވެ.

ގާޒީ އިސްމާއިލް ރަޝީދު ވިދާޅުވީ އެ މައްސަލައެއްގައި ދެ ފަހަރަށް އަދަބު ނުދިނުމަކީ ގާނޫނު އަސާސީއިން ކޮންމެ މީހެއްގެ މައްޗަށް ވެސް ކަށަވަރުކޮށްދީފައި އޮތް އަސާސީ ހައްގެއް ކަމަށެވެ. އަދި މި މައްސަލާގައި ދައުވާ އުފުލާފައިވަނީ ޖިނާއީ އިޖުރާއަތުގައި ކަނޑައަޅާފައިވާ މުއްދަތު ފަހަނަ އަޅައިދިޔަ ފަހުން ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: