ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި ދުވަސްވަރު ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު އިތުރުވަނީ ޕާޓީކޮށް، އެއްވުންތައް ބާއްވާތީ : އެޗްޕީއޭ

ޝެއާރކޮށްލާ ކަހަލަދޯ؟

ނުރައްކާތެރި ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުން އިތުރުވަމުން އަންނަނީ، ފުރަބަންދަށް (ލޮކްޑައުން) ލުއިދިނުމާއި ގުޅިގެން، އެއްތަނަކަށް ގިނަ ބަޔަކު ޖަމާވެ ހަފްލާތަކާއި، ޕާޓީތަކާއި، ޖަލްސާތަކާއި، އެހެނިހެން އެއްވުންތައް ބާއްވަމުން ދިއުމުގެ ސަބަބުންކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނެފިއެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުން އިތުރުވަމުން އަންނާތީ އެ ކަން ފާހަގަކޮށް އެޗްޕީއޭއިން ހޯމަދުވަހުގެރޭ ނެރުނު ބަޔާނުގައި ބުނީ، މި ދުވަސްވަރު ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު އިތުރުވަމުންދާކަމަށާއި، އެ ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ކޮންޓެކްޓުންގެ ޢަދަދު ކުރިޔާއި އަޅާބަލާއިރު، ވަރަށް ބޮޑަށް އިތުރުވެފައިވާކަން ފާހަގަކުރެވޭކަމަށެވެ. އަދި މި ކަން މި ގޮތަށް ދިމާވާ އެއް ސަބަބަކީ، ފުރަބަންދަށް ލުއިދިނުމާއި ގުޅިގެން ބައެއް ފަރާތްތަކުން ގިނަ މީހުން އެއްވާގޮތަށް ހަފްލާތަކާއި، ޕާޓިތަކާއި، ޖަލްސާތަކުގެ އިތުރުން އެހެނިހެން މިފަދަ އެއްވުންތައް ބާއްވަމުންދާތީކަމަށް ވެސް އެޗްޕީއޭގެ ބަޔާނުގައި ބުނެފައިވެއެވެ.

އެޗްޕީއޭއިން ވަނީ ފުރަބަންދަށް ލުއިދިނުމަށް އެ އެޖެންސީން ނެރެފައިވާ އުސޫލުތަކާއި، އެންގުންތަކަށާއި، މަސައްކަތުގެ މާހައުލުގައި ޢަމަލުކުރަން ކަމާގުޅޭ އިދާރާތަކުން އެކުލަވާލާފައިވާ ގައިޑްލައިނާއި އެއްގޮތަށް ޢަމަލުކުރުމަށާއި، އެ ގޮތުން 30 މީހުންނަށްވުރެ ގިނައިން ޢާންމު ތަންތަނަށް އެްވެ ނޫޅުމަށް އަންގާފައެވެ. އަދި ކޮންމެހެން ބާއްވަންޖެހޭ ބައްދަލުވުންތައް މެނުވީ، އޮފީސް މަސައްކަތާގުޅޭ ބައްދަލުވުންތައް އޮންލައިންކޮށް ބޭއްވުމަށް ވެސް އެޗްޕޕީއޭގެ ބަޔާނުގައި ވަނީ ބުނެފައެވެ. އަދި 30 މީހުންނަށްވުރެ މަދުން މީހުން ބައިވެރިވާ ބައްދަލުވުންތައް، ކޮންމެހެން ބާއްވަންޖެހިއްޖެ ހާލަތުގައި ނޫނީ ނުބޭއްވުމަށް ވެސް އެޗްޕީއޭގެ ބަޔާނުގައި ބުނެފައިވެއެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު އިތުރުވަމުން އަންނަކަމަށް އެޗްޕީއޭއިން ފާހަގަކޮށްފައިވާއިރު، ވޭތުވެދިޔަ ދެތިން ދުވަހެއްގައި ޕޮޒިޓިވްވާ މީހުންގެ ޢަދަދު ވަނީ އިހުނަށްވުރެ ބޮޑަށް އިތުރުވެފައެވެ. މި ގޮތުން ބަލާއިރު، އާދިއްތަ ދުވަހުގެ ހަވީރު 18:00 އިން ފެށިގެން، ހޯމަދުވަހުގެ ހަވީރު 18:00 އާއި ހަމައަށް ވަނީ، 31 މީހުން ޕޮޒިޓިވްވެފައެވެ. އޭގެ ކުރިން ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި، 67 މީހުން ޕޮޒިޓިވްވެފައިވާއިރު، މި މަހުގެ 11 ވަނަ ދުވަހު 47 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އޭގެ އިތުރުން މި މަހުގެ 10 ވަނަ ދުވަހުގައި 64 މީހުން ޕޮޒިޓިވްވެފައިވާއިރު، 09 ވަނަ ދުވަހު 36 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. ނަމަވެސް 08 ވަނަ ދުވަހާއި، 07 ވަނަ ދުވަހުގައި ޕޮޒިޓިވްވެފައިވަނީ ޖުމްލަ 26 މީހުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: