ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖްލިސް މެންބަރުން ގަޑި ޖެހުމުން މުސާރަ ކަނޑަނީ!

ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަޖިލީހުގެ ޖަލްސާތަކަށް ގަޑިޖެހޭ މެންބަރުންގެ މުސާރައިން ކެނޑޭގޮތަށް ޤަވާއިދު ބަދަލުކުރަން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ހުށަހަޅުއްވައިފިއެވެ.

އަންގާރަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ރައީސް ނަޝީދު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަސައްކަތަށް ނުކުންނަވާ ގަޑި ބެލުމަށްފަހު، އެ ރެކޯޑަށް ބަލައިގެން މުސާރަ އާއި އިނާޔަތް ދިނުމަށް މަޖިލީހުގެ ގަވައިދު ބަދަލުކުރާށެވެ.

އަންގާރަ ދުވަހުގެ ޖަލްސާ ފަށަން އޮތް ގަޑިއަށް ކޯރަމް ހަމަނުވެގެން ފެށިފައެއް ނުވެއެވެ. އެކަމާއި ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ މަޖިލީހަށް ވަޑައިގެން މެމްބަރުން ސޮއިކުރައްވާ ހާޒިރީގައި ސޮޔާ ޖެހިގެން، ހާޒިރުވެވަޑައިގެންނެވި ގަޑި ޖަހަން ޖެހޭ ގޮތަށް ކޮލަމެއް އިތުރުކުރައްވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ މެމްބަރުން މަޖިލީހަށް އިންތިޚާބުވެ ހުވާ ކުރައްވައިގެން ތިއްބެވީ ޒިންމާތަކެއް އަދާކުރެއްވުމަށް ކަމަށެވެ. މަޖިލީހުގެ މަސައްކަތް ކުރިއަށްދާނީ މެމްބަރުން ގަޑިއަށް ހާޒިރުގެ ޖަލްސާތަކުގައި ބައިވެރިވެ ވަޑައިގެންނެވުމުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގައި ކުރަންޖެހޭ މަސައްކަތްތައް މަޖިލީހުގެ ގަވައިދުގައި ވަރަށް ސާފުކޮށް އެބަ އޮތް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

”ޤަވާއިދު ކޮމިޓީގައި އަޅުގަނޑު އެބައެދެން މަޖިލީހުގެ ޤަވާއިދަށް ކުޑަބަދަލެއް ގެނެސް ދެއްވުމަށް. މަޖިލިސްގެ މަސައްކަތް ފަށާ ގަޑިއަކީ ހެދުނު 8:30. ޖަލްސާ ގަޑިއަކީ 9:00. އިއްޒަތްތެރި މެމްބަރުން މަޖިލީހަށް ވަޑައިގެން ގަޑި ޖެއްސެވުން އެއީ ކުރަންޖެހިފައިވާކަމެއް. މިހާރު ވަޑައިގެން ސޮއިކުރައްވާގޮތަށް، ފޮތުގައި އެއްކޮލަމް އަޅުގަނޑު އިތުރުކޮށްދޭނަން ގަޑި ޖެއްސެވުމަށް. އަޅުގަނޑު ދެކޭގޮތުގައި މުސާރައާއި، ގަޑިއާއި ގުޅުންއޮންނާނެ“ ރައީސް ނަޝީދު

މަޖިލީހުގެ މެމްބަރުންނަށް މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި 82،000ރ. ލިބިވަޑައިގަންނަވަ އެވެ. އެކަމަކު ކޮވިޑް-19 އާ ހެދި އިގުތިސާދަށް ކުރިމަތިވި މައްސަލަތަކާ އެކު މެމްބަރުންގެ މުސާރަ އާއި އިނާޔަތްތައް ވެސް ވަނީ ކުޑަކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: