ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީން މިނިވަންކުރެއްވުމަށް ހުށައެޅުއްވި ކުއްލި މައްސަލަ މަޖިލީހުން ބޭރުކޮށްލައިފި

މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަންކުރެއްވުމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ހުށައެޅުއްވި ކުއްލި މައްސަލަ މަޖިލީޙުން ބޭރުކޮށްލައިފިއެވެ.

މެމްބަރު އާދަމް ޝަރީފް ހުށައެޅުއްވި ކުއްލި މައްސަލައަށް ބަހުސްކުރެއްވުމަށް ވޯޓު ދެއްވީ 7 މެމްބަރުންނެވެ. ނުފެންނަ ކަމަށް 20 މެމްބަރަކު ވޯޓު ދެއްވިއެވެ.

އާދަމް ޝަރީފްގެ ކުއްލި މައްސަލާގައި ވަނީ އަދީބުގެ މައްޗަށް އުފުލާފައިވާ ދައުވާތައް ކްރިމިނަލް ކޯޓުން ބާތިލްކޮށްފައިވާ ކަމަށާއި އަދި ސަރުކާރުން ބިރު ދައްކައި މަޖުބޫރުން އެއްބަސްވުމެއް ހަދާފައިވާ ކަމަށާއި ރައީސް ޔާމީނާއި ދެކޮޅަށް ހެކިބަސް ދީފައިވާކަމަށް އަދީބު ދައްކާފައިވާ ވާހަކަތަކުން ހާމަވެފައިވާ ކަމަށެވެ. އަދި ކުރީގެ ޕްރޮސެކިޔުތަރ ޖެނެރަލް އައިޝަތު ބިޝާމާއި އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ސީދާ ގޮތުންނާއި ނުސީދާ ގޮތުން އަދީބުގެ ތަހުގީގަށް ނުފޫޒު ފޯރުވާފައިވާ ކަމަށާއި ގާނޫނީ ހަމަތަކާއި ޚިލާފަށް އަމަލުކުރައްވާފައިވާކަމަށް އަދީބުގެ މައްސަލަ ބާތިލްކުރި ކްރިމިނަލް ކޯޓުގެ ގަޒިއްޔާގައިވެސް ބުނެފައިވާ ކަމަށް ކުއްލި މައްސަލާގައި ވަނީ ބުނެފައެވެ.

ހަމައެހެންމެ ފަސް އަހަރަށް ޖަލަށް ލުމަށް ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމަކީ ނުފޫޒު ފޯރުވައިގެން ހެކި އުފައްދައިގެން ކޮށްފައިވާ ބާތިލް ހުކުމެއްކަމަށް ހާމަކަން ބޮޑު ގޮތެއްގައި ފެންނަން އެބައޮތް ކަމަށެވެ. އަދި ރައީސް ޔާމީނަށް ހުކުމް ކުރުމުގައި އަދީބު ދީފައިވާ ހެކިބަސްތަކަށް ރިއާޔަތްކޮށްފައިވާތީ ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ދައުވާއަކީ ޕްރޮސެކިޔުޓާ ޖެނެރަލްގެ އޮފީހުން ގާނޫނާއި ޚިލާފް ހެކިތަކެއްގެ މައްޗަށް ބިނާކޮށް ޕީޖީ އޮފީހުން ކޮށްފައިވާ ދައުވާއެއްކަމަށްވެސް ކުއްލި މައްސަލާގައި ވަނީ ބުނެފައެވެ.

މީގެއިތުރުން ރައީސް ޔާމީން ޖަލުގައި ބެހެއްޓުމަށް އެއްވެސް ގާނޫނީ ހަމައެއް ނެތް ކަމަށާއި އެހެންކަމުން ރައީސް ޔާމީން މިނިވަންކުރެއްވުމަށް ސަރުކާރަށް ގޮވާލައްވާ ކަމަށް ކުއްލި މައްސަލާގައި ވަނީ ބަޔާންކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: