ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާގިރި ހޮޓެލްގައި މިނިސްޓްރީގެ މުވައްޒަފުންތަކެއް ތިބިކަމަށް ބުނާ މައްސަލައިގައި، ޖަވާބުދޭން ފުލުހުން ފަސްޖެހިއްޖެ

ފޮޓޯ: ވަން އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

ލޮކްޑައުންގެ ދުވަސްވަރުގައި، ޓުއަރިޒަމް މިނިސްޓަރ ޢަލީ ވަހީދާއި، އެ މިނިސްޓްރީގެ މުވައްޒަފުންތަކެއް މާގިރި ހޮޓެލްގައި ތިބިކަމަށް ބުނާ މައްސަލައިގައި، އެ ތަނުގެ ފްޓޭޖެއް ލިބިފައިވޭތޯ ފުލުހުންނާއި ސުވާލުކުރުމުން، ވަކި އެއްޗެއް ހާމައެއް ނުކުރިއެވެ.

ޓުއަރިޒަމް މިނިސްޓަރު ޢަލީ ވަހީދު އެ މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރިކަމަށް ބުނާ މައްސަލައާއި، ހުޅުމާލޭ ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގައި ހިނގިކަމަށް ބުނާ ރޭޕް ކޭސްއާއި ގުޅޭ މަޢުލޫމާތުތައް ހާމަކުރުމަށް ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މުޙައްމަދު ބަޝީރު ވިދާޅުވީ، ޓުއަރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރިކަމަށް ހުށަހެޅުނު މައްސަލައިގައި، ލިބެންހުރި މަޢުލޫމާތުގެ މައްޗަށް ބަލާފައި ސާޗްކުރަންޖެހޭ ތަންތަން ސާޗުކުރަމުންކަމަށެވެ. އަދި އެއާއި ގުޅޭ މަޢުލޫމާތުތައް އެއްކުރަމުންދާކަމަށާއި، އެއްވެސް ހާލެއްގައި ޓުއަރިޒަމް އިންޑަސްޓްރީގައި މަސައްކަތްކުރާ ހޮޓަލެއްވިޔަސް، އަދި ރިޒޯޓެއް ވިޔަސް އެއްވެސް ތަނެއްގެ ނަންކިޔާފައި މަޢުލޫމާތު ހާމަކުރުން އެއީ އެދެވޭގޮތެއްކަމަށް ޤަބޫލުނުކުރައްވާކަމަށެވެ.

މީގެ އިތުރުން ބަޝީރު ވިދާޅުވީ، އެ މައްސަލައިގައި ލިބޭ މަޢުލޫމާތުގެ މައްޗަށް ބަލާފައި ފްޓޭޖެއް ނަގަންޖެހިއްޖެނަމަ، އެ ފްޓޭޖެއް ވެސް ނަގަމުންދާކަމަށާއި، އަދި އެ ތަނެއް ސާޗުކޮށްގެން އިލެކްޓްރޯނިކް ޢާލާތެެއް ހޯދަންޖެހިއްޖެނަމަ އެކަން ވެސް ކުރަމުން އަންނަކަމަށެވެ. އަދި މި ވަގުތުގައި ވަކި ހޮޓަލެއްގެ ނުވަތަ ވަކި ތަނެއްގެ ފްޓޭޖެއް ނެގި ވާހަކަ ވެސް އަދި ނުނަގާ ވާހަކަ ވެސް ހާމަކުރަން ތަންކޮޅެއް އުނދަގޫކަމަށް ވެސް ބަޝީރު ވިދާޅުވިއެވެ.

”ޓުއަރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރިކަމަށް ހުށަހެޅުނު މައްސަލައިގައި އަޅުގަނޑުމެން ކުރިން ވެސް ދެންނެވިން، މިދަނީ އެ މައްސަލައިގަ ލިބެންހުރި މަޢުލޫމާތުގެ މައްޗަށް ބަލާފަ ސާޗްކުރަންޖެހޭ ތަންތަން ސާޗުކުރަމުންނޭ. އެއާ ގުޅޭ މަޢުލޫމާތުތައް އެއްކުރަމުންނޭ މިދަނީ، އަޅުގަނޑުމެން ހަމަ އެއްވެސް ހާލެއްގަ ނޭދެން ރާއްޖޭގަ އަދި ޓުއަރިޒަމް އިންޑަސްޓްރީގަ މަސައްކަތްކުރާ ހޮޓަލެއްވިޔަސް، އަދި ރިޒޯޓެއް ވިޔަސް އެއްވެސް ތަނެއްގެ ނަންކިޔާފަ އަޅުގަނޑުމެން މި މަޢުލޫމާތު ހާމަކުރުން އެއީކީއެއް އެއްވެސް ހާލެއްގަ ނޫނީ މި އެ ތަނަކަށް އޭގެ ސަބަބުން ނޭދެވޭ އަސަރުތަކެއް ކޮށްފާނެކަންކަމަށް އަދި ވަކި ތަނެއްގެ ނަން ކިޔާފަމިވެނި ތަނެއްގެ ފްޓޭޖް، މިވެނި ތަނެއްގެ 07 ވަނަ ބުރި، 08 ވަނަ ބުރި މިހެން ކިޔުން އެއީ އެންމެ ރަނގަޅުގޮތްކަމަކަށް އަޅުގަނޑު ގަބޫލެއް ވެސް ނުކުރަން. އެހެންވީމަ އަޅުގަނޑުމެން ނޭދެން ނޫސްވެރިންވެސް އެ ފަރާތްތަކުގެ ޙައްޤަށް އުނިކަން އަންނަ ގޮތަކަށް އެ ކަންކަން ގެނެސްދޭކަށް. ދެން އަޅުގަނޑު ކުރިން ވެސް ދެންނެވިހެން މިކަމުގަ މި މައްސަލައިގަ އަޅުގަނޑުމެން ލިބޭ މަޢުލޫމާތުގެ މައްޗަށް ބަލާފަ ފްޓޭޖެއް ނަގަންޖެހެންޏާ އެ ފްޓޭޖެއް ވެސް ނަގަން އަދި އެ ތަނެއް ސާޗުކޮށްގެން އިލެކްޓްރޯނިކް ޢާލާތެެއް ހޯދަންޖެހެންނާ އެކަން ވެސް އަޅުގަނޑުމެން ކުރަމުންނޭ މި ގެންދަނީ. މި ވަގުތަކަށް އަޅުގަނޑުމެން ވަކި ހޮޓަލެއްގަ ވަކި ތަނެއްގެ ފްޓޭޖެއް ނެގި ވާހަކަ ނުނަގާ ވާހަކަ ދައްކަވާ، ދައްކަން އަޅުގަނޑުމެންނަށް ތަންކޮޅެއް އުނދަގޫ.“ ބަޝީރު

މާގިރި ހޮޓެލުގެ ސީސީޓީވީ ފުޓޭޖްތައް ފެނުނުކަމަށް ބުނެ އޮންލައިން ނޫހެއްގައި ވަނީ، އޮފީހެއްގެ މުވައްޒަފުންގެ މެދުގައި ހިންގައިގެން ނުވާނެފަދަ ޢަމަލުތައް ޓުއަރިޒަމް މިނިސްޓްރީގެ މުވައްޒަފުންގެ މެދުގައި ހިންގާފައިވާކަމަށް ވެސް ބުނެފައެވެ. މީގެ އިތުރުން ޓުއަރިޒަމް މިނިސްޓްރީގައި މަސައްކަތްނުކުރާ މީހުން ވެސް މާގިރި ހޮޓެލުގެ ކޮޓަރިތަކަށް ގެންގޮސްފައިވާ ކަމަށް ވެސް ރިޕޯޓުކޮށްފައިވެއެވެ. ހަމައެއާއެކު ސަރުކާރުގެ ކުންފުނިތަކުގެ އިސް މަޤާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ވެސް މާގިރި ހޮޓެލްގައި ހަރަކާތްތެރިވަމުންދާ ވީޑިއޯއެއް ވެސް އަންނަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ.

ނަމަވެސް މާގިރި ހޮޓެލްގެ އެއްވެސް ސީސީޓީވީ ފުޓޭޖެއް އެއްވެސް ބަޔަކަށް ނުދޭ ކަމަށާއި، މީޑިޔާގައި ރިޕޯޓް ކުރަމުން އަންނަ ވާހަކަތަކަކީ ދޮގެއްކަމަށް އެ ހޮޓެލުން ބުނެފައިވާއިރު، އެ ހޮޓެލްގައި ޓުއަރިޒަމް މިނިސްޓްރީގެ ބޭފުޅުން ތިއްބެވިކަމުގެ މަޢޫލޫމާތު ލިބިފައިވާކަމަށާއި، އަދި އެ ބޭފުޅުން ތިއްބެވީ ކިތައް ވަނަ ފްލޯރގައިތޯއާއި، ސީސީޓީވީ ފްޓޭޖް ލިބިފައިވޭތޯއާއި އެއިން މިނިސްޓާރު ޢަލީ ވަހީދު ފެނުނުތޯ ސުވާލުކުރުމުން ފުލުހުން ވަނީ ޖަވާބުދޭން ފަސްޖެހިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: