ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަވައްޓެރި ގައުމެއްގެ ޖާސޫސުންތަކެއް ރާއްޖޭގައި އުޅުން އެކަށީގެންވޭ: މޮސްޓާ

ޝެއާރކޮށްލާ ކަހަލަދޯ؟

އަވައްޓެރި ގައުމެއްގެ ޖާސޫސީ އިދާރާގެ ބަޔަކު، މިހާރުވެސް ރާއްޖޭގެ އެންމެ ދެކުނާއި ލ. އަތޮޅާއި މާލޭގައި މިހާރު ވެސް ހަތިޔާރާއެކު އުޅެމުން ދިއުން އެކަށީގެންވާ ކަމަށް ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ވިދާޅުވެއްޖެއެވެ.

އިމިގްރޭޝަންގެ ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހާއި ގުޅިގެން ނަޝީދު ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވިދާޅުވީ ރާއްޖޭގައި ޙަރަކާތްތެރި ވަމުން އަންނަ ޖާސޫސުން ނިސްބަތްވާ ގައުމުގެ އެމްބަސީން ރާއްޖޭގެ މީޑިއާތަކަށް ހަރަދުކޮށް، އެ ގައުމާ ދެކޮޅަށް ޚަބަރުތައް ނުގެންނާނެ ކަމުގެ ޔަގީންކަން ހޯދާފައިވާ ކަމަށެވެ.

ނަޝީދު ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހުގެ ތަޅުމުގައި ބަހުސް ކުރުމަށް ބަލައިގަންފައެއް ނުވެއެވެ. އެ މައްސަލަ ބަލައިގަންނަން ފެންނަން ކަމަށް ވޯޓް ދެއްވީ 16 މެމްބަރުންނެވެ. އެ މައްސަލަ ބަލައި ނުގަންނަން 19 މެމްބަރު ވޯޓް ދެއްވިއެވެ.

އެ ކުއްލި މައްސަލައިގައި ވަނީ އިމިގްރޭޝަންގެ ޤާނޫނާއިމެދު އަލުން ވިސްނެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވީ އަވައްޓެރި ގައުމަކަށް ފައިދާއެއް ހޯދައި ދިނުމަށް ކަމަށެވެ.

”ރާއްޖޭގެ ވަރަށް ގިނަ މުއައްސަސާތަކުގައި ކޮންސަލްޓެންޓުންގެ ގޮތުގައި މިދެންނެވި ގައުމުގެ ޖާސޫސުން ހަރަކާތްތެރިވަމުން ދޭ. ސަރުކާރުގެ ބައެއް އިދާރާތަކުގެ އިތުރުން މުއާސަލާތީ ހިދުމަތްދޭ ތަންތަނުގައި ވެސް މިދެންނެވި ޖާސޫސުން ތިބޭ“ މެންބަރު ނަޝީދު

މީގެ އިތުރުން ނަޝީދު ހުށަހެޅުއްވި އިސްލާހުގައި ވިދާޅުވެފައިވަނީ މިވަގުތު ރާއްޖޭގައި ދިރިއުޅެމުން ދާ ބިދޭސީންގެ ތެރެއިން ބާރުގަދަ އަވަށްޓެރި ގައުމަކަށް ނިސްބަތްވާ ބިދޭސީން ތަކަކަށް ރާއްޖޭގައި ދާއިމީ ގޮތެއްގައި އުޅެވޭނެ ގޮތްތަކެއް މަގުފަހި ކުރުން ކަމަށެވެ.

އިސްލާހުގައި އިތުރަށް ވަނީ ރާއްޖޭގެ އެއްބައިވަންތަކަން ނަގާލުމަށް ކަންތައްތަކެއް ކުރުމަށް ވެސް ރާވާފައިވާ ކަމަށެވެ. އެގޮތުން އެ ބިދޭސީން އުޅުމަށް ބޭނުންވާ ދީންތަކުގެ ފައްޅިތައް ރާއްޖޭގައި އެޅުމާއި، ސްކޫލްތަކުން އެމީހުންގެ ދީންތަކުގެ ތައުލީމު ލިބޭނެ ގޮތް ހެދުމަށް ވަކާލާތު ކުރާނެ ކަމަށްވެސް ކުއްލި މައްސަލައިގައިވެއެވެ. އަދި  މި ކަންކަން ކުރާނީ އިންސާނީ ހައްގުތަކުގެ ނަމުގައި ކަމަށެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: