ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖިންސީ ކުށުގެ ގާނޫނަށް މީކާއިލް ހުށައެޅުއްވި އިސްލާހު މަޖިލީހަށް ބަލައިގަނެ ޖެންޑަރ ކޮމިޓީއަށް

ޝެއާރކޮށްލާ ކަހަލަދޯ؟

ޖިންސީ ކުށުގެ ގާނޫނަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ހުށައެޅުއްވި އިސްލާހު މަޖިލީހަށް ބަލައިގަނެ ދިރާސާ ކުރުމަށް ހިޔުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓިއަށް ފޮނުވައިފިއެވެ.

މެމްބަރު މީކާއިލް ހުށައެޅުއްވި އިސްލާހު ބަލައިގެންފައިވަނީ 73 މެމްބަރުންގެ ވޯޓުންނެވެ. ބިލް މަޖިލީހަށް ބަލައިނުގަތުމަށް އެއްވެސް މެމްބަރަކު ވޯޓު ދެއްވާފައެެއް ނުވެއެވެ.

މީކާއިލް ހުށައެޅުއްވި އިސްލާހުގައި ވަނީ ޖިންސީ ކުށުގެ ގާނޫނުގެ 53 ވަނަ މާއްދާގެ ނ، ރ އަދި ބ އުނިކުރުމަށެވެ. މިބިލު މަޖިލީހަށް ހުށައަޅުއްވަމުން މީކާއީލް ވަނީ މިމާއްދާގައިވާ ބައެއް ކަންކަމުގެ ސަބަބުން އެއްވެސް ހެއްކެއް ނެތި ކަންކަން ނިންމުމުގެ ބާރު ކޯޓަށް ލިބިގެންވާ ކަމަށެވެ.

އެމާއްދާގައި ހިމެނޭ ކަންކަމަށް ބަލާއިރު، ކުށުގެ ޝިކާރައަކަށްވީ މީހާގެ އަބުރުވެރިކަމަށް ނުވަތަ އަހުލާގަށް ބެލުމަށްފަހު، އެފަދަ ކަމަކާއިމެދު އޭނާ ދޮގުހެކި ދީފާނެ ކަމަށް ކޯޓަށް ގަބޫލުކުރެވިއްޖެ ހާލަތުގައި، ކުށުގެ ޝިކާރައަކަށްވީ މިހާއާ ކުށުގެ ތުހުމަތުކުރެވޭ މީހާގެ ވާހަކަތައް އަޑުއެހުމަށްފަހު ތުހުމަތުކުރެވޭ ކުށް ހިނގުމަށްވުރެ، އެކަން އެގޮތަށް ހިނގާފައިނުވާނެ ކަމަށް ކޯޓަށް ގަބޫލުކުރެވުން އަދި ކުށުގެ ތުހުމަތުކުރެވޭ މީހާއާއި ކުށުގެ ޝިކާރައަކަށްވީ މީހާއާ ދެމެދު އޮތް ގުޅުމަކީ އެކުށް ހިނގުމަށް މަގުފަހިވެދާނެ ކަމެއްކަމަށް ކޯޓަށް ގަބޫލުނުކުރެވޭނަމަ ކުށުގެ ޝިކާރައަކަށްވީ މީހާއާ ދެކޮޅަށް މިކަންކަން ހެކީގެ ގޮތުގައި ބޭނުންކުރެވޭނެއެވެ.

މެމްބަރު މީކާއިލް، އަދި މެމްބަރު ހިސާން ޖިންސީ ކުށުގެ ގާނޫނަށް އިސްލާހުތައް ހުށައަޅާފައިމިވަނީ ރާއްޖޭގައި ޖިންސީ އަނިޔާ އަދި ރޭޕްގެ މައްސަލަތައް ފެންމަތިވާ މިންވަރު އިތުރުވެ މިފަދަ މައްސަލަތަކަށް އިންސާފު ނުލިބޭތީ ވަރަށް ގިނަ ބަޔަކު އެކަމާ ދެކޮޅަށް ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ. ދެމެމްބަރުންވެސް ހުށަހަޅާފައިވަނީ އެއް ބާވަތެއްގެ އިސްލާހުތަކަކަށްވުމުން މިބިލް ދިރާސާ ކުރާއިރު ޖެންޑަރ ކޮމިޓީއިން ބިލް ދިރާސާކުރާއިރު،، އެއްބިލަކަށް ހެދުމުގެ މަސައްކަތް ކުރެވިގެންދާނެކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: