ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް-19: ޕޮސިޓިވް ކޭސްއެއް ފެނި ތިން މިސްކިތް ބަންދުކޮށްފި!

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް ޕޮޒިޓިވް ކޭސްތަކަކާއި ގުޅިގެން މާލޭ ތިން މިސްކިތެއް ބަންދުކޮށް ޑިސް އިންފެކްޓް ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ކޮވިޑް-19 އަށް މީހުން ޕޮޒިޓިވްވުމާއި ގުޅިގެން ބަންދުކޮށްފައިވަނީ ވަނީ މަސްޖިދުލް ސުލްތާން ހަސަން އިއްޒުއްދީން މިސްކިތް (ތޮއިބާ މިސްކިތް) އާއި، މަސްޖިދުލް ސުލްތާން މުހައްމަދު އިމާދުއްދީން (މަޖިލިސްގެ ކައިރި ހުންނަ މިސްކިތް) އަދި މަސްޖިދުލް އަފީފުއްދީން (ދިއްލީ މިސްކިތް) ނެވެ.

މިކިތްތައް ބެލެހުއްޓުމާއި މައުލޫމާތު ހިއްސާކުރުމަށް ހަދާފައިވާ ވައިބަރ ގްރޫޕެއްގައި ބުނެފައިވަނީ ހުރިހާ މިސްކިތެއްގައިވެސް ފުލުހުން ވަނީ ޓޭޕްދަމާ ބަންދުކޮށްފައި ކަމަށެވެ. އަދި ޑިސް އިންފެކްޓް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް ބުނެފައިވެއެވެ.

ކޮވިޑާއި ގުޅުންހުރި ކޭސްތަކެއް ފެނިގެން ތިން މިސްކިތެއް ބަންދުކޮށްފައިވާ ކަމަށް އެޗްޕީއޭއިންވެސް ވަނީ ބުނެފައެވެ. އަދި ޑިސްއިންފެކްޓްކޮށް ނިމުމުން އަލުން އެ މިސްކިތްތައް ހުޅުވާނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅެއްގެ ގޮތުން މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލާފައި އޮންނަތާ ތިން މަސް ދުވަހަށް ފަހު ޖަމާއަތުގައި ނަމާދުކުރަން އަލުން  ފެށީ ޖުލައި 1 ވަނަ ދުވަހުގެ މަޣްރިބް ނަމާދުންނެވެ. ނަމަވެސް ހުކުރު ކުރަން ހުއްދަ ދިނީ 2 ހަފްތާ ފަހުންނެވެ.

މިސްކިތްތައް ހުޅުވާލީ ސަމާލުވާން ޖެހޭ ކަންތައްތަކެއް ހިމަނައި އަދި ސިޓީ ކައުންސިލުން ކުރަން ޖެހޭ ކަންތައްތަކާއި ނަމާދަށް ދާ މީހުން ސަމާލުވާން ޖެހޭ ކަންތައްތަކެއް ހިމެނައިގެންނެވެ.

އެގޮތުން ގެއިން ވުލޫއު ކޮށްގެން މިސްކިތަށް ދިއުމާއި ގެއިން މުސައްލައެއް ގެންދިއުމާއި އެ މީހެއްގެ މުސައްލައިގައި ނޫނީ ނަމާދު ނުކުރުމާއި މާސްކް އެޅުން ހިމެނެއެވެ.

މީގެ އިތުރުން  މިސްކިތަށް ވަދެ ނިކުމެ އުޅުގައި ގައިދުރުކަން ބެހެއްޓުމާއި މިސްކިތުގެ އެކި ތަންތަނުގައި ތިބުމުގެ ބަދަލުގައި ފުރަތަމަ ސަފުން ފެށިގެން ފުރަމުން ދިއުމާއި ރޯގާ ޖެހުން، ހުން އައުން އަދި ކެއްސުން ފަދަ ކަމެއް ހުރި ނަމަ، މިސްކިތަށް ނުދިއުމާއި އުމުރުން ދުވަސްވީ މީހުން މިސްކިތަށް ނުދިއުން ހިމެނެއެވެ.

މިސްކިތަށް އަރާ ފޭބުމުގައާއި ޖަމާއަތަށް ސަފު ހެދުމުގައި ގައިދުރުކަން ބަހައްޓަން ބައެއް އިލްމުވެރިން ދެކޮޅު ހެދުމުން އެންމެފަހުން ނިންމީ ގައިދުރުކަން ނުބަހައްޓާ ނަމާދުކުރާ ށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: