ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަނެއްކާވެސް ބިދޭސީންތަކެއް ނިކުމެ އިތުރު ހަމަނުޖެހުމެއް ހިންގައިފި

ހަމަނުޖެހުން ހިންގި ބިދޭސީން. ފޮޓޯ:ޕޮލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރަމުން އަންނަ ރަށެއްގައި މަސައްކަތްކުރާ ބިދޭސީންތަކެއް ނިކުމެ އިހުތިޖާޖުކޮށް ހަމަނުޖެހުން ހިންގައިފިއެވެ.

މި ކަން ހާމަކޮށް ހޯމަދުވަހުގެރޭ ފުލުހުން ބުނީ، ހަމަނުޖެހުން ހިންގާފައިވަނީ ވ.އަތޮޅުގައި ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރަމުން އަންނަ ރަށެއްގައިކަމަށެވެ. ނަމަވެސް އެއީ ކޮން ރަށެއްކަމަެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުން ބުނީ އެ ރަށުގައި މަސައްކަތްކުރާ ބައެއް ބިދޭސީން ނިކުމެއެ ރަށުގައި މަސައްކަތްކުރަމުން އަންނަ އެހެންމީހުންގެ މަސައްކަތްތަކަށް ހުރަސްއަޅާއި ހަމަނުޖެހުން ހިންގާފައިވާކަމަށެވެ.

ފުލުހުން ބުނީ، އެ ރަށުގައި ބިދޭސީން ނިކުމެ ހިންގި ހަމަނުޖެހުމުގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާކަމަށެވެ. ނަމަވެސް އެ ބިދޭސީންގެ ސްޕަވައިޒަރުގެ ރޫމަށް ގެއްލުންތައްދީފައިވާކަމަށް ވެސް ފުލުހުން ބުނެއެވެ. މި ގޮތުން އެ މައްސަލަ ހައްލިކުރުމަށްޓަކައި، އެ ބިދޭސީންގެ ސްޕޮންސަރު އަންނަނީ، އެ މީހުންނާއި ވާހަކަދައްކަމުންކަމަށް ވެސް ފުލުހުން މަޢުލޫމާތުދީފައިވެއެވެ.

ވ.އަތޮޅުގައި ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރަމުން އަންނަ ރަށެއްގައި ބިދޭސީންތަކެއް ނިކުމެ ހަމަނުޖެހުން ހިންގާފައިވާއިރު، މިފަދަ މައްސަލަތައް އަންނަނީ ތަކުރާރުވަމުންކަން ފާހަގަކޮށްލެވެއެވެ. މި ގޮތުން ބ.ބޮޑުފިނޮޅުގައި ބިދޭސީންތަކެއް ނިކުމެ ހަމަނުޖެހުން ހިންގައި، ގިނަ ޢަދަދެއްގެ ދިވެހިން ރަހީނުކޮށް މުދަލަށްވަނީ ގެއްލުންތައްދީފައެވެ.

މީގެ އިތުރުން ހުޅުމާލޭގައި ފުލުހުންނާއި، ސިފައިންނަށް ޚާއްސަކޮށް ޢިމާރާތްކުރަމުން އަންނަ ފްލެޓްތައް އެޅުމުގެ މަސައްކަތްކުރާ ބިދޭސީންތަކެއް ވެސް ވަނީ ހަމަނުޖެހުން ހިންގައިފައެވެ. މުސާރަނުދީ އެތައްދުވަހެއް ދިގުދެމިގެން ގޮސްފައިވާތީ ބިދޭސީން ނިކުމެ ހިންގި މި ހަމަނުޖެހުން ހިންގާފައިވަނީ، މި ހިނަގާމަހުގެ 13 ވަނަ ދުވަހުގައެވެ. އެ ބިދޭސީންނަކީ އައިލެންޑް އެކްސްޕާޓްގައި މަސައްކަތްކުރާ ބިދޭސީންތަކެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: