ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮންމެ ”ދެ ދޭތެރެއެއްގައި“ ފުޓްސެލް ދަނޑެއް އެޅޭތޯ ބާރު އެބައަޅަން: ރައީސް ނަޝީދު

ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު. ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ބަޖެޓުގައިޖަހައިގެން ވެސް ކޮންމެ ދެ ދޭތެރެއެއްގައިވެސް ފުޓްސެލް ދަނޑެއް އެޅޭތޯ ބާރު އަޅަމުންދާކަމަށް، ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައި މިވަނީ، ރައްޔިތުންގެ މަޖިލީހުގެ އަންގާރަ ދުވަހުގެ ޖަލްސާގައި، ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް ހާޒިރުކޮށް މެމްބަރުން ކުރެއްވި ސުވާލުތަކުގެ ތެރެއިން ދެއްކެވި ވާހަފުޅުގައެވެ.

މި ގޮތުން މެންބަރުން ސުވާލުކުރަމުން ގެންދެވި ވަގުތުގައި، ރިޔާސަތުގައި އިންނެވި ރައީސް ނަޝީދު، އެ މަނިކުފާނުގެ އާދަފުޅުގެ މަތިން ދޭތެރެދޭތެރެއިން ދައްކަވާ ވާހަކަފުޅުގެތެރެއިން ވަނީ، ބަޖެޓުގައިޖަހައިގެން ވެސް ކޮންމެ ދެ ދޭތެރެއެއްގައިވެސް ފުޓްސެލް ދަނޑެއް އެޅުއްވޭތޯ ބާރު އަޅަމުންދާކަމަށް ވިދާޅުވެފައެވެ. އަދި ވޭތުވެދިޔަ ފަސް އަހަރެއްތެރޭގައި، ފުޓްސެލް ދަނޑުތަކެއް ރާއްޖޭގެ އެތަންމިތަނުގައި އެޅިއެޅީނުން ދިވެހިރާއްޖޭގެ ފުޓްބޯޅައިގެ ހުނަރުވެރިކަން ގެއްލޭން ފަށާފައިވާކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ. އަދި އެއީ ކުޅިވަރުގެ މާހިރުން ދެކެލައްވާގޮތްކަމަށް ވެސް ވިދާޅުވިއެވެ.

”ޢިއްޒަތްތެރި މެންބަރުންނަށް ދަންނަވާލަން ބޭނުން އަދި އަޅުގަނޑަށް ޔަޤީން މިއަދު ކުޅިވަރާ ގުޅޭ ވަޒީރު ވެސް ވަޑައިގެންއިންނެވީތީވެ ޝައުޤުވެރިކަން ބޮޑުވާނެކަން ޒުވާނުން. މިދިޔަ ފަސް އަހަރެއްތެރޭގައި، ފުޓްސެލް ދަނޑުތަކެއް އެތަންމިތާގާ ރާއްޖޭގައި އެޅިއެޅީނުން ކުޅިވަރުގެ މާހިރުން ދެކޭގޮތުގައި ޙަޤީޤަތުގައި ދިވެހިރާއްޖޭގެ ފުޓްބޯޅަ، ވަރަށްބޮޑަށް އޭގެ ހުނަރުވެރިކަން ގެއްލޭން ފަށައިފި. ދެން އަދިވެސް އަޅުގަނޑުމެން ބޮޑަށް ބާރުއަޅަމުން މިދަނީ ބަޖެޓުގައިޖަހައިގެން ވެސް ކޮންމެ ދެ ދޭތެރެއެއްގައިވެސް ފުޓްސެލް ދަނޑެއް އެޅޭތޯ.“ ރައީސް ނަޝީދު

ރައީސް ނަޝިދު ވިދާޅުވީ ރައްޔިތުންގެ ޝައުޤުވެރިކަން އުފެދެނީ، މަޖިލީހުގެ މެންބަރުން ރައްޔިތުންނާއެކުގައި ކުރައްވާ މަޝްވަރާތަކުގެ މައްޗަށްކަމަށެވެ. މީގެ އިތުރުން މެންބަރުންނަށް އަމާޒުކޮށް ރައީސް ނަޝީދު ވިދާޅުވީ، ރީތިކޮށް ވިނަހައްދާފާއި އޮންނަ ބޯޅަދަނޑުތަކެއް ރާއްޖޭގައި އޮންނާންވީކަމުގެ ވިސްނުން ވިސްނަވާފައި، ރައްޔިތުންނާ މަޝްވަރާކުރެއްވުމުން ނަތީޖާތައްވެސް ތަފާތުވާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: