ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑރ ނިޔާފް ދެއްކެވީ ރަނގަޅު ވާހަކައެއް، ސިޔާސީ މީހުން ރައްދުދޭނަމަ ޑޮކްޓަރުން ހިތްހަމަނުޖެހިދާނެ: ރައީސް ނަޝީދު

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

އާންމު ސިއްހަތު ރައްކާތެރިކަމުގެ ގާނޫނަށް އިސްލާހު ހުށައެޅުމުގެ ބިލާއި ބެހޭގޮތުން ޑރ އަލީ ނިޔާފް ދެއްކެވީ ރަނގަޅު ވާހަކަތަކެއްކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރިޔާސަތުގައި އިންްނަވާ މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވީ، މަޖިލީހަށް ހުށައަޅާ ބިލްތަކަށް ޚިޔާލު ހޯދުމަށް ހުޅުވާލުމުން އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށެވެ. އަދި މިކަން ވަރަށް ޖޯޝާއި ފޯރިއާއެކު ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ. އަދި ދާދިފަހުން ޑރ ނިޔާފް ދެއްކެވި ވާހަކަތަކަށް އަލިއަޅުއްވާލައްވައި ރައީސް ނަޝީދު ވިދާޅުވީ ޑރ ނިޔާފް ދައްކެވީ ރަނގަޅު ވާހަކައެއް ކަމަށެވެ. މިބާވަތުގެ ކަންކަން ކުރަންވާނީ ޑޮކްޓަރުންގެ ލަފާއާއެކު ކަމަށާއި ޑރ ނިޔާފް ވާހަކަދެއްކެވީ ކަން އޮތް ގޮތަށްކަން ރައީސް ނަޝީދު ފާހަގަ ކުރެއްވިއެވެ. 

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، ދައުލަތުން ކަމެއް ނިންމާއިރު ވަރަށް ގިނަ ދާއިރާތަކަށް ވިސްނަންޖެހޭ ކަމަށެވެ. އަދި ދައުލަތުން ގޮތެއް ނިންމާއިރު، ވިސްނަން ޖެހޭނީ ހަމައެކަނި ސިއްހީ ދާއިރާގެ ކަންކަމަށް އެކަނި ނޫންކަމަށް ޚުދު ޑރ ނިޔާފަށް ވެސް އެނގިލައްވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ދިރިހުރުމާއި ނެތިދިޔުމުގެ ކަމަކާއި މެދު ގޮތެއް ކަނޑައަޅާއިރުވެސް، ސިއްހީ ދާއިރާ، އިޖްތިމާއީ އަދި އިގްތިސާދީ ދާއިރާއާ މެދު ވިސްނަންޖެހޭ ކަމަށް ނަޝީދު ވިދާޅުވިއެވެ. 

ރައީސް ނަޝީދު ވިދާޅުވީ، ސިއްހީ މާހިރުން ދައްކަވާ ވާހަކަތައް ސިޔާސީ ބޭފުޅުންނަށް އެންމެ ރަނގަޅަށް ފަހުމު ނުވެދާނެ ކަަމަށެވެ. އަދި ސިއްހީ މާހިރުން ދައްކަވާ ވާހަކަތަކަށް ސިޔާސީ ބޭފުޅުން ބައިބައްސަވައިގެން އެއްޗެހި ވިދާޅުވާން ފަށައިފިނަމަ، ސިއްހީ މާހިރުންނަށް ސިހުމެއް ލިބި ކަންބޮޑުވެދާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. 

ޑރ ރާޒީ އެއްދުވަހު ވިދާޅުވެއްޖެ ބަލި މީހެއް ގާތު، އަލްހަމްދުލިއްލާހި ޓީބީއޭ. ބަލިމީހާ ގާތަށް އެވަގުތު ވަރަށް ރުޅިއައި. ދެން ޑރ ރާޒީ ވިދާޅުވެއްޖެ، ތިމަންނާ ހީކުރީ ކެންސަރު ކަމަށޭ. ނަސީބެއްނޫންހޭ ކެންސަރަށް ނުވެ، ޓީބީއަށް ވިކަން

އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނަށް އިސްލާހު ހުށައެޅުމުގެ ބިލަށް އާންމުންގެ ޚިޔާލު ހޯދުމަށް ބޭއްވި ބައްދަލުވުމުގައި މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަންގެ ފަރާތުން ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުން ޑރ ނިޔާފް ވަނީ މިސްކިތް ބަންދުކުރާ ހާލަތަށް ގައުމުގޮސްފިނަމަ، ޒަމާނީ ވަސީލަތްތައް ބޭނުންނުކޮށް،ތަޅުމުގައި މަޖިލީސް ބޭއްވިގެންވާނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށް ވިދާޅުވެފައެވެ. އަދި ބިލަށް ހުށައަޅާފައިވާ އިސްލާހުތަކުގެ ސަބަބުން ސިއްހީ މާހިރުންގެ އަތުން ބައެއް ކަންކަން ނިންމުމުގެ ބާރު ނެގުމަށްފަހު، އެބާރު އެއްކޮށް ރައްޔިތުންގެ މަޖިލީހަށް ދެވޭ ކަމަށެވެ.

ނުރައްކާތެރި ބައްޔެއް ފެތުރެން ފަށައި، ބޮޑު ޕެންޑެމިކްއަކަށް އެކަން ބަދަލުވެގެންދާއިރު، އެކަމުގައި ގޮތް ކިޔުމަށް ޑޮކްޓަރުން ނުވަތަ ސިއްހީ މާހިރުންގެ ބާރު މިއިސްލާހުތަކުގެ ސަބަބުން ނެތިގެންދާކަން ޑރ ނިޔާފް ފާހަގަކުރެއްވިއެވެ.

ޑރ ނިޔާފް ދެއްކެވި ވާހަކަތަކަށް މެމްބަރު ރޮޒައިނާ އާދަމް ތާއީދުކުރައްވައި، ޓުވިޓަރގައި ވާހަކަދެއްކެވުމުން، އެމްޑީޕީގެ ބައެއް އެހެން މެމްބަރުން ވަނީ ރޮޒައިނާދެއްކެވި ވާހަކަތަކާއި ހިތްހަމަޖެހިވަޑައިނުގެން ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: