ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިލްވާން މަރުވެފައިވާކަން ދެއްކުމަށް ލިޔުން ތައްޔާރު ކުރި ކަމަށް ތުހުމަތު ކުރެވޭ ހައިކޯޓުގެ ފަނޑިޔާރު އިސްތިއުފާ ދެއްވައިފި

އިސްތިއުފާ ދެއްވި ހައިކޯޓުގެ ފަނޑިޔާރު ހަސަން އަލީ: ފޮޓޯ އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

މަރާލާފައިވާ ކަމަށް މަރުގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަނުން ބުނެފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ރާއްޖެއިން ބޭރަށް ގޮސް މަރުވެފަިއވާކަން ދެއްކުމަށް ލިޔުން ތައްޔާރު ކުރުމަށް މަސައްކަތް ކުރިކަމުގެ ތުހުމަތު ކުރެވޭ ހައިކޯޓުގެ ފަނޑިޔާރު ހަސަން އަލީ ހައިކޯޓުގެ ފަނޑިޔާރު ކަމުން އިސްތިއުފާ ދެއްވައިފިއެވެ. 

ރައީސް ޔާމީންގެ ސަރުކާރުގައި ކޮންޓްރޯލާ އޮފް އިމިގްރޭޝަންގެ މަގާމް ވެސް ފުރުއްވި ފަނޑިޔާރު ހަސަން އަލީ ހައިކޯޓުގެ ފަބޑިޔާރު ކަމުން އިސްތިއުފާ ދެއްވިކަން ޖޭއެސްސީން ހާމަކޮށްފައި ވަނީ މިއަދު އެ ކޮމިޝަނުން ނެރުނު ބަޔާނެއްގައެވެ. 

ޖޭއެސްސީން ނެރުނު ބަޔާނުގައި ބުނީ ރަހީނުކޮށް ގެއްލުވާލި ނޫސްވެެރިޔާ އަހުމަދު ރިލްވާންގެ މައްސަލައިގައި ތުހުމަތުވި ކަންތައްތަކަކާ ގުޅިގެން ސަސްޕެންޝަންގައި ހުންނެވި ހައިކޯޓްގެ ފަނޑިޔާރު ހަސަން އަލީ މިއަދު މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ. 

ފަނޑިޔާރު ހަސަން އަލީ އިސްތިއުފާ ދެއްވިއިރު ހުންނެވީ ސަސްޕެންޝަންގައެވެ. އެގޮތިހް ހަސަން އަލީ ސަސްޕެންޑް ކޮށްފައި ވަނީ  ޖޭއެސްސީއިން ބަލަމުން ދިޔައީ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މަރުގެ މައްސަލައާ ގުޅިގެން ރިޔާސީ ކޮމިޝަނުން ކޮށްފައިވާ ތަހުގީގު ރިޕޯޓްގައި ހިމަނާފައިވާ ކަންކަމާ ގުޅޭ ފަނޑިޔާރު ހަސަން އަލީގެ މައްޗަށް ތުހުމަތު ކުރެވޭ ސުލޫކީ މައްސަލައެކެވެ.

ހަސަން އަލީ އިސްތިއުފާ ދެއްވުމުން ޖޭއެސްސީން ނެރުނު ބަޔާނުގައި ބުނީ  ރިލްވާންގެ މަައްސަލަ ތަހުގީގު ކުރުމުގެ ތެރޭ 2014 ވަނަ އަހަރު ކޮންޓްރޯލާ އޮފް އިމިގްރޭޝަންގެ މަގާމުގައި އޭރު ހުންނެވި، ހަސަން އަލީ، ފުލުހުންގެ އިންޓެލްގެ ދެ މީހަކާ ގުޅިގެން ރިލްވާން ރާއްޖެއިން ބޭރަށް ގޮސް މަރުވެފައި ވާކަން ދެއްކުމަށްޓަކައި، ޓްރެވަލް ޑޮކިއުމަންޓްތަކެއް ތައްޔާރު ކޮށްފައިވާ ކަމަށް ތުހުމަތު ކުރުވޭ މައްސަލަ ކޮމިޝަން ތަހުގީގުކޮށް ނިންމައި މައްސަލައިގެ ތަހުގީގު ރިޕޯޓް ހަސަން އަލީ އަށް ފޮނުވައި ޖަވާބް ދާރީ ވުމަށް ފުރުސަތު ދީފައިވާ ކަމަށެވެ. 

ޖޭއެސްސީން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި  ތަހުގީގު ނިންމައި ޖަވާބުދާރީވާން ހަސަން އަލީއަށް މި މަހުގެ 12 ވަނަ ދުވަހު ރިޕޯޓް ފޮނުވި އެވެ. އެއަށް ޖަވާބުދާރީވުމަށް ލިބޭ ހަތް ދުވަސް ހަމަވިއިރު ވެސް ޖަވާބު ނުދެއްވާ ކަމަށާއި އެހެންވެ މިއަދަށް މައްސަލައިގެ އެންމެ ފަހު އަޑުއެހުން ތާވަލުކޮށް ހާޒިރުވުމަށް އަންގާފައި ވަނިކޮށް އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: