ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެހެން ގައުމުތަކަށްވުރެ ފަސޭހައިން ކޮވިޑުގެ ހާލަތުން ރާއްޖެއަށް އަރައިގަނެވޭނެ: އަމީން

ޝެއާރކޮށްލާ ކަހަލަދޯ؟

އެހެން ގައުމުތަކާއި އަޅާބަލާއިރު ރާއްޖެ އަށް މާ އަވަހަށް އަދި ފަސޭހައިން ކޮވިޑް-19 ގެ ހާލަތުން ރާއްޖެއަށް އަރައިގަނެވޭނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ލ. ގަމާއި، ގއ. ވިލިނގިލީގައި ކޮވިޑް-19 މެނޭޖްމަންޓް ފެސިލިޓީ ހުޅުވުމަށް ބޭއްވި ވާޗުއަލް ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ އެހެން ގައުމުތަކާ އަޅާބަލާއިރު، އެ ބައްޔަށް ރާއްޖެ ތައްޔާރުވެފައިވާ މިންވަރު ވަރަށް ވެސް ރަނގަޅު ކަމަށެވެ.

އަމީން ވިދާޅުވީ ދިވެހިންނަކީ ހޭލުންތެރި ބަޔަކަށް ވާތީ، ކޮވިޑްގެ ހާލަތުން އަރައިގަތުމަށް ރާއްޖެއަށް ފުރުސަތު ބޮޑު ކަމަށެވެ. އަދި ކޮވިޑުން ސަލާމަތްވުމަށް އެހެން އެއްވެސް ގައުމަކުން މަސައްކަތް ނުކުރާ ވަރަށް ދިވެހި ސަރުކާރުން މަސައްކަތް ކޮށްފައިވާ ކަމަށްވެސް އަމީން ވިދާޅުވިއެވެ.

ރާއްޖެ އަކީ ވަސީލަތްތަކާއި، ތަޖުރިބާކާރުން މަދު ގައުމަކަށް ވެފައި މިފަދަ ކަންކަން ތަޖުރިބާ ކޮށްފައިވާ ވަރު ވެސް މަދު ކަމަށް އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވީ ޑަބްލިޔުއެޗްއޯ އިން އިސްނަގައިގެން ފެށި ”ކޯލް ފޯ އެކްޝަން“ ގައި އެންމެ ފުރަތަމަ ބައިވެރިވި ގައުމުތަކުގެ ތެރޭ ރާއްޖެ ހިމެނޭ ކަމަށެވެ. އަދި އެ ޕްރޮގްރާމުގައި ބައިވެރިވީ ރާއްޖެ ފަދަ ވަސީލަތް މަދު ގައުމަކަށް ވެކްސިނެއް ހޯދުމުގެ މުހިއްމުކަން ވަޒަންކުރެވޭތީ ކަމަށް އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވީ ކޮވިޑްގެ ބަލިމަޑުކަން ނިމެން އަދި ކައިރިވެސް ނުވާ ކަމަށާއި ރާއްޖޭގެ ހާލަތު މިހާ ރަނގަޅު ވުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަވަސް ވިސްނުންފުޅާއި މަސައްކަތްޕުޅު ކަމަށެވެ.

”ހާއްސަކޮށް ދުނިޔޭގެ ހަތަރު ބިތުން މި ބަލީގެ އަލާމާތްތައް ފެނުމާ އެކު ދިވެހިން މި ބަލިން ސަލާމަތްކުރުމަށް ރައީސް އިސްނެންގެވި ނެންގެވުމަކީ މި ހިސާބަށް އާދެވުމުގެ މައިގަނޑު އެއް ސަބަބު ކަމުގައި އަޅުގަނޑުމެން ގަބޫލްކުރަން ޖެހޭ،“ އަމީން ވިދާޅުވި އެވެ.

މީގެ އިތުރުން އަމީން ވިދާޅުވީ ކޮވިޑް-19 އަށް ދުނިޔޭގައި ވެކްސިނެއް އުފެއްދުމުން، އެ ވެކްސިން އެންމެ އަވަހަށް ލިބޭ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭނެ ކަމަށެވެ.

އަމީން ވިދާޅުވީ ނުރައްކާތެރި ހާލަތުން ސަލާމަތް ވުމަށް މަސައްކަތް ކުރަމުން ދާއިރު އަތޮޅުތަކަށް އިސްކަން ދިނުމަކީ ސަރުކާރުގެ ސިޔާސަތު ކަމަށެވެ.

ކޮވިޑް-19 އަށް މިހާތަނަށް ފަރުވާއެއް ހޯދިފައި ނުވާތީ މިނިސްޓަރު އަމީން ވަނީ ބަލިން ރައްކާތެރިވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް ހަރުދަނާކޮށް، ފިޔަވަޅު އެޅުމަށް އިލްތިމާސް ކުރައްވައިފަ އެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: