ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުވައްމުލަކު ސިޓީގެ އެތެރޭ މަގުތައް ހެދުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތްތައް އެމްޓީސީސީން ފަށައިފި

ފޮޓޯ:އެމްޓީސީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ފުވައްމުލަކު ސިޓީގެ އެތެރޭ މަގުތައް ހެދުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތްތައް އެމްޓީސީސީން ފަށައިފިއެވެ.

މި މަޝްރޫޢުއާބެހޭ މަޢުލޫމާތު ދެއްވަމުން އެމްޓީސީސީން އަންގާރަދުވަހު ބުނީ، ފުވައްމުލަކު ސިޓީގެ އެތެރޭ މަގުތައްހެދުމުގެ މަޝްރޫޢުއަށް ބޭނުންވާ މެޝިނަރީއާއި، އެހެނިހެން ސާމާނު އެ ރަށަށް ގެންގޮސް މިހާރު ގެންގޮސްފައިވާކަމަށާއި، އަންގާރަދުވަހު މަސައްކަތްތައް ފަށާފައިވާ ކަމަށެވެ. މި މަޝްރޫޢުގެ ދަށުން ފުވައްމުލަކުގެ 31 މަގުގެ 15،932 މީޓަރުގެ ސަރަހައްދެއް ތަރައްޤީކުރެވޭނެކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.

މި ގޮތުން 122،659 އަކަމީޓަރުގެ ސަބް ބޭސް ހެދުމުގެ އިތުރުން، 95،239 އަކަމީޓަރުގެ ސަރަހައްދެއްގައި ތާރުއަޅަން ހަމަޖެހިފައިވާކަމަށާއި، މަގުތަކުގައި ބައްތިތައް ހަރުކުރުމާއި، ފެން ހިންދާ ނިޒާމުގެ މަސައްކަތްތައް ވެސް ކުރިއަށްދާނެކަމަށް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީން ހާމަކުރިގޮތުގައި އެ ކުންފުންޏާއި، މި މަޝްރޫޢު ހަވާލުކޮށްފައިވަނީ، ހުސްވި އަހަރުގެ ޖުލައި މަހުގައެވެ. އެ ކުންފުނިން ހާމަކުރރާގޮތުގައި، މި މަޝްރޫޢުއަށް 279.4 މިލިއަން ރުފިޔާ ޚަރަދުވާނެއެވެ. ފުވައްމުލަކުގައި އެމްޓީސީސީން މިއަދު ފަށާފައިވާ މަޝްރޫޢުއަކީ 730 ދުވަހުގެތެރޭގައި ނިންމަންޖެހޭ މަޝްރޫޢުއެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: