ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގަބުރުސްތާނު ކޮނުމާއި ރުގްޔާ ވީޑިޔޯ އަދި ޖިންސީ އޯޑިޔޯއާ މެދު ސަރުކާރުންނާއި ފުލުހުން ތިބީ ހަނު!

މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ
ޝެއާރކޮށްލާ ކަހަލަދޯ؟

ހޯމް މިނިސްޓަރ ޝެއިޚް އިމްރާން އަބްދުﷲއަށް ކުރެވޭ ތުހުމަތުތަކާމެދު ސަރުކާރުންނާއި ފުލުހުންވެސް ހަނު ތިބެގެން ނުވާނެކަމަށާއި ރައްޔިތުންނަށް ކަމުގެ ހަގީގަތް ސާފުވާންޖެހޭ ކަމަށް މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަވަމުން ރާއީ ވިދާޅުވީ، ޝެއިޚް އިމްރާނާއި ގުޅުންހުރިކަމަށް ބުނާ ތިން މައްސަލައެއް ކައިރި ކައިރީގައި ފެންމަތިވެގެން އައިއިރުވެސް ކަމާގުޅުން ހުރި އެއްވެސް ފަރާތަކުން މިވީހާތަނަށް މިކަމާއިމެދު ބަހެއް ބުނެފައިނުވާ ކަމަށެވެ.

އެގޮތުން ހޯމް މިނިސްޓަރ އިމްރާން ޖިންސީ ގޯނާ ކުރާ ކަމަށް ތުހުމަތުކުރާ އޯޑިޔޯއެއް ފެންމަތިވުމުން އެމައްސަލަ ބަލަމުންދާކަމަށް ފުލުހުން ހާމަކޮށްފައިވީނަމަވެސް، މިހާތަނަށް އައިއިރު މައްސަލައާ ގުޅުންހުރި އެއްވެސް ކަމެއް ހާމަކޮށްފައިނުވާކަން ރާއީ ފާހަގަ ކުރެއްވިއެވެ. އަދި އޭގެ ފަހުން ޝެއިޚް އިމްރާން ރުގްޔާ ކުރަމުންދާ ވީޑިޔޯއެއް ސޯޝަލް މީޑިޔާގައި އާންމުވެފައިވާއިރު، ގަބުރުސްތާނު ކޮންނަމުންދިޔަ ބައެއްގެ ފޮޓޯވެސް އާންމުވީ އެދުވަސްވަރުގައިކަން މެމްބަރު ރާއީ ފާހަގަކުރެއްވިއެވެ.

ރާއީ ވިދާޅުވީ، މިހާތަނަށް އައިއިރު، ޝެއިޚް އިމްރާން ނިސްބަތްވެވަޑައިގަންނަވާ އަދާލަތު ޕާޓީންވެސް، އަދި ކޯލިޝަންގެ އެއްވެސް ބޭފުޅަކުވެސް، ކެބިނެޓަށް ނިސްބަތްވާ ބޭފުޅަކުވެސް އެއްޗެއް ބުނެފައިނުވުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި ޚުދު ޝެއިޚް އިމްރާންވެސް މިކަމަށް އެއްޗެއް ވިދާޅުވެފައިނުވާތީ ކަންބޮޑުވާ ކަމަށް ރާއީ ވިދާޅުވިއެވެ. މިއީ ކެބިނެޓުގެ ވަޒީރަކާއިމެދު އުފެދޭ ސުވާލުތަކެއް ކަމަށާއި މިއީ ރައްޔިތުން އޮޅުންފިލުވަން ބޭނުންވާ ކަންކަން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. 

އެއްވެސް ދީނީ އިލްމުވެރިޔަކަށް، ޑޮކްޓަރަކަށް އަދި އެއްވެސް ހިދުމަތްތެރިއަކަށް ސޯޝަލް މީޑިޔާގައިިޔަސް އަދި އެހެން ގޮތަކުން ވިޔަސް ގަނާކުރަން ނޭދޭ ކަމަށާއި މިސުވާލުތަކަށް ޖަވާބު ދޭންވީ އެހެންވެކަމަށް ރާއީ ވިދާޅުވިއެވެ. އަދި އަދާލަތު ޕާޓީގައިވެސް މިކަންކަން ސާފުކޮށްދެވޭވަރުގެ ބޭފުޅުން ތިއްބަވާކަމަށް ވިދާޅުވިއެވެ. އަދި ޝެއިޚް އިމްރާން މިކަންކަން ސާފުކޮށްދެއްވައި ސްޓޭޓްމަންޓެއް އާންމުކުރައްވައިފިނަމަ ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ލިބިގެންދާނެ ކަމަށެވެ. އެހެންނަމަވެސް، މަކަރާއި ހީލަތުން ވަޒީރުކަމުގައި ހުރެގެން ނުވާނެކަމަށް މެމްބަރު ރާއީ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: