ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާންމުންގެ ތެރެއިން ޖޭއެސްސީ އަށް އުއްމު ކުލްސޫމް

ޖޭއެސްސީއަށް އާންމުގެ ތެރެއިން އައްޔަން ކުރަން މަޖިލީހުބެ ރުހުން ދިން އުއްމު ކުލްސޫމް
ޝެއާރކޮށްލާ ކަހަލަދޯ؟

އާންމުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް މޫންލައިޓު ހައުސް، ސ. މަރަދޫ، އާމިނަތު އުއްމު ކުލްސޫމް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މަޖިލީހުން އުއްމު ކުލްސޫމް ޖޭއެސްސީ އަށް އާއްމުންގެ ތެރެއިން އައްޔަން ކުރައްވާ ބޭފުޅެއްގެ ގޮތުގައި ހަމަޖެއްސެވީ މިއަދު މަޖިލިސް ޖަލްސާގައި ނެގި ވޯޓުގައި 69 މެންބަރުންގެ ވޯޓުންނެވެ.

އާންމުންގެ ތެރެއިން ޖޭއެސްސީއަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ފަސް މީހަކު އެ ކަމަށް ކުރިމަތިލި އެވެ. މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން އެ ނަންތައް ދިރާސާ ކުރުމަށް ފަހު  ތަޅުމަށް ފޮނުވީ ދެ ނަކެވެ. އެއީ ސ. މަރަދޫ، މޫންލައިޓް ހައުސް އައިމިނަތު އުއްމު ކުލްސޫމާއި މާލޭ ހ. ރޯޒްމެރީ އާދަމް މިގުދާދުގެ ނަމެވެ.

ޖޭއެސްސީގައި މަޖިލީހުގެ ރައީސްއާއި، މަޖިލީހުގެ މެންބަރަކާއި، އާންމުންގެ ތެރެއިން މަޖިލީހުން ކަނޑައަޅާ މެންބަރަކާއި، ރައީސް ކަނޑައަޅާ މެންބަރަކާއި، ބަންޑާރަ ނައިބު އިންނަވަން ޖެހެ އެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ހައި ކޯޓުގެ ފަނޑިޔާރަކާއި، ދަށު ކޯޓުގެ ފަނޑިޔާރަކާއި، ސިވިލް ސާވިސް ކޮމިޝަންގެ ރައީސްއާއި، ވަކީލުންގެ ތެރެއިން އިންތިހާބު ކުރެވޭ ވަކީލަކު އިންނަވަން ޖެހެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: