ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޔާސީ އިންތިހާބުގައި ކެންޑިޑޭޓަކަށް ކެމްޕެއިން ކުރިކަމުގެ ތުހުމަތުގައި ހައިކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި

ހައިކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

2018 ވަނަ ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވި ކެންޑިޑޭޓަކަށް ކެމްޕެއިން ކޮށްދީފައިވާ ކަމަށް ތުހުމަތުކޮށް ހައިކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން ދެ މަސް ދުވަހުގެ މުއްދަތަށް ސަސްޮެންޑް ކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއވެ. 

ޖޭއެސްސީން ބުދަ ދުވަހު ނެރުނު ބަޔާނުގައި ބުނީ ހައިކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާންގެ މައްޗަށް ޖޭއެސްސީން ތަހުގީގު ކުރަމުންދާ މައްސަލައަކީ 2018 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި ގއ ގެމެނަފުއްޓަށް ނުރަސްމީކޮށް ދަތުރުކޮށް ރިޔާސީ ކެންޑިޑޭޓަކަށް ވޯޓު ހޯދުމަށް މަސައްކަތް ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ކަމަށެވެ. 

މީގެއިތުރުން ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ބަންދުކޮށްފައި ހުރި މީހެއްގެ އާއިލާގެ މީހުންނާއި އިސް ފަނޑިޔާރު ޝުޖާއު އުސްމާން ބައްދަލުކޮށް، އެ މީހުންގެ ވޯޓު ލިބިެއްޖެ ކަމުގައިވާނަމަ ބަންދުގައި ހުރި މީހާ މިނިވަން ކުރާނެ ކަމުގެ މަޝްވަރާކޮށްފައިވާ މައްސަލައެއް ވެސް ތަހުގީގު ކުރަމުބްދާ ކަމަށް ޖޭއެސްސީން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ. 

ޖޭއެސްސީން ބުނީ އިސް ފަނޑިޔާރު ޝުޖާއު އުސްމާންއާއި ގުޅޭ ގޮތުން ޖޭއެސްސީން ތަހުގީގު ކުރަމުންދާ މައްސަލަތަކަގެ ތަހުގީގު ނިންމައި ތަހުގީގު ރިޕޯޓް މި މަހުގެ 20 ވަނަ ދުވަހު އިސް ފަނޑިޔާރު ޝުޖާއު އުސްމާން އަށް ފޮނުވައި ޖަވާބްދާރީވުމަށް ހަތް ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ. 

ޝުޖާއު އަކީ ސިޔާސީ ބޮޑެތި މައްސަލަތައް ދަށު ކޯޓާއި ހައިކޯޓިގައި ކުރިޔަށް ގެންދެވި ފަނޑިޔާރެކެވެ. އެގޮތުން، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުގައި އުފުލި ޓެރަރިޒަމް ދައުވާގައި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި އޭނާ ހިމެނެއެވެ.

ސުޖާއު ހައިކޯޓްގެ އިސް ފަނޑިޔާރަކަށް އައްޔަން ކުރެއްވީ އޯގަސްޓް 15، 2018 ގައެވެ. އޭނާ އެ މަގާމަށް ހަމަޖެއްސެވީ އޭރު ހައިކޯޓްގެ އިސްފަނޑިޔާރަކަށް ހުންނެވި އަބްދުﷲ ދީދީ ސުޕްރީމް ކޯޓްގެ ފަނޑިޔާރަކަށް އައްޔަން ކުރެއްވުމުންނެވެ. ޖޭއެސްސީން ކުރި ތަހުގީގަށްފަހު މިހާރު އަބްދުﷲ ދީދީ ވަނީ ފަނޑިޔާރުކަމުން ވަކިކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: