ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހެލްތުކެއަރ އޭޝިއާ 2020 ގެ ދެއެވޯޑެއް އޭޑީކޭ ހޮސްޕިޓަލަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

ބައިނަލްއަގްވާމީ ފެންވަރުގެ ދެއެވޯޑެއް އޭޑީކޭ ހޮސްޕިޓަލަށް ލިބިއްޖެއެވެ.

އޭޑީކޭއަށް ވަނީ ހެލްތުކެއަރ އޭޝިއާ އެވޯޑްސް 2020ގައި ދެއެވޯޑެއް އޭޑީކޭއަށް ލިބިފައެވެ. އެއީ އެމްޕްލޯއީ އެންގޭޖްމަންޓް އޮފް ދަ ޔަރ އަދި ފެސިލިޓީޒް އިމްޕްރޫވްމެންޓް އިނީޝިއޭޓިވް އޮފް ދަ ޔަރ އެވެ.

އޭޑީކޭއިން ބުނީ މިއީ އެހޮސްޕިޓަލަށް ލިބުނު ވަރަށް ކާމިޔާބެއް ކަމަށާއި މުވައްޒަފުންގެ ބުރަ މަސައްކަތާއި ނުލައި މިކާމިޔާބު ހާސިލްނުވާނެ ކަމަށެވެ. އަދި މުވައްޒަފުންގެ ކޮށްދެއްވާ ބުރަ މަސައްކަތަށް ޝުކުރު އަދާކުރާ ކަމަށެވެ.

https://twitter.com/ADKHospital/status/1285870669893455873/photo/1

އޭޑީކޭއިން ވަނީ ދާދިފަހުން ކާމިޔާބު ކަމާއެކީ މުޅިން އަލަށް ކާޑިއެކް ކީހޯލް ސާޖަރީއެއްވެސް ކާމިޔަބު ކަމާއެކު ނިންމާލާފައެވެ. މިސާޖަރީ ކޮށްފައިވަނީ އުމުރުން 12 ދުވަހުގެ ތުއްތު ކުއްޖެއްގެއެވެ.

މީގެ އިތުރަށް، ހަމަ މިއަހަރުގެތެރޭ ހިތުގެ މައި ލޭ ހޮޅި ބަދަކުރުމަށް ރާއްޖޭގައި ކުރި ފުރަތަމަ ސާޖަރީވެސްވަނީ އޭޑީކޭއިން ކާމިޔާބު ކަމާއެކު ނިންމާލާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: