ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސެޓް ރިކަވަރީ ކޮމިޝަނުގެ ރިޕޯޓުގައިވާ ކަންކަމަށް ފިޔަވަޅު އަޅާނަން: ރައީސް

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮރަޕްޝަނާއި ވައްކަމުގެ ބޮޑެތި މައްސަލަތައް ބެލުމަށް ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު އެކުލަވާލެއްވި އެސެޓް ރިކަވަރީ ކޮމިޝަންގެ ރިޕޯޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް އަރުވައިފިއެވެ.

މީހުން ގެއްލުވައިލުމުގެ މައްސަލަތަކާއި ގޮތް ނޭނގޭ މަރުތަކުގެ މައްސަލަތައް ބަލަން އުފެއްދި ކޮމިޝަނާއި އެސެޓް ރިކަވަރީ ކޮމިޝަނަށް ބާރު ދިނީ 2019 ވަނަ އަހަރު ފާސްކުރި ރިއާސީ ކޮމިޝަންތަކުގެ ގާނޫނުންނެވެ. އެ ގާނޫނުން ކޮމިޝަންތަކަށް ދިން ބާރަކީ ތަހުގީގުކުރުމާއި ކޮމިޝަނުން އަމިއްލަ އަށް ދައުވާކުރުމުގެ ބާރެވެ.

ރައީސް ސޯލިހު ބުރާސްފަތި ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮރަޕްޝަނާއި ވައްކަމުގެ ބޮޑެތި  މައްސަލަތައް ބެލުމަށް ޤާއިމުކުރި ރިޔާސީ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓު  އެމަނިކުފާނަށް ލިބިވަޑައިގަންފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ ރިޕޯޓާ ގުޅިގެން ކުރައްވަންޖެހޭ ކަންކަން ކުރެއްވުމަށް ފައްޓަވައިފައިވާ ކަމަށެވެ.

“ ކޮރަޕްޝަނާއި ވައްކަމުގެ ބޮޑެތި މައްސަލަތައް ބެލުމަށް ޤާއިމުކުރި ރިޔާސީ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓު އެކޮމިޝަނުން ވަނީ އަޅުގަނޑަށް ހުށަހަޅާފަ. ރިޕޯޓާ ގުޅިގެން ކުރަންޖެހޭ ކަންކަން އަޅުގަނޑު ކުރަން ފަށައިފިން“ ރައީސް

https://twitter.com/ibusolih/status/1286234668950593537

ކުރީގެ ސަރުކާރުތަކުން ހިންގި ކޮރަޕްޝަނާއި ހިޔާނާތުގެ މައްސަލަތައް ބަލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ރިޔާސީ ކޮމިޝަންގެ ފުރަތަމަ ޑްރާފްޓް ނިންމައި އެ ކޮމިޝަނުން އެ މަނިކުފާނަށް ފޮނުވާފައިވަނީ މިއަހަރުގެ މާޗު މަހުގެ ތެރޭގައެވެ.

މާޗުގެ މަހުގެ ފަސްވަނަ ދުވަހު އޮތް ބައްދަލުވުމެއްގައި ރައީސް ސޯލިހު ވިދާޅުވީ ކޮރަޕްޝަންގެ ކަންކަން ބަލަން އެކުލަވައިލި ރިޔާސީ ކޮމިޝަންގެ މަސައްކަތް ވެސް ގާތްގަނޑަކަށް ނިމި، ފުރަތަމަ ޑްރާފްޓް އެމަނިކުފާނަށް މިހާރު ލިބިވަޑައިގެންފައިވާ ކަމަށާއި ފައިނަލް ޑްރާފްޓް ނިމުމާ އެކު، އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދަވާނެ ކަމަށެވެ.

ރައީސް ސޯލިހު މަގާމުގެ ހުވާކުރެއްވުމާ އެކު، ހަމަ އެ ދުވަހު ރިޔާސީ ކޮމިޝަން އުފައްދަވާ އެ މަސައްކަތްތައް ހަވާލު ކުރެއްވިއެވެ. އެ ކޮމިޝަނާއި ޙަވާލު ކުރެއްވީ ޖެނުއަރީ 1، 2012 އިން ފެށިގެން ނޮވެމްބަރު، 17، 2018 އާ ހަމައަށް ހިނގާފައިވާ ހިޔާނާތާއި ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ މައްސަލަތައް ބެލުމެވެ.

އެސެޓް ރިކަވަރީ ކޮމިޝަނުގެ ރިޕޯޓް ލިބިވަޑައިގެންފި ކަމަށް ރައީސް ސޯލިހު ވިދާޅުވެފައިވާއިރު، ރިއާސީ ކޮމިޝަންތަކުގެ އެއްވެސް ބޭނުމެއް ނުހިފި ބޭކާރު ހަރަދަކަށް ވެފައިވާ ކަމަށާއި އެ ދެ ކޮމިޝަން ވެސް އުވާލަންޖެހޭ ކަމަށް ރައްޔިތުގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދު ވިދާޅުވީ ކޮމިޝަންތަކަށް ބާރު ދިން ގާނޫނުގައި ބުނާ މަސައްކަތް ކޮމިޝަންތަކުން ކުރަމުން އަންނަކަމަށް ދަންނަވަން ދަތި ކަަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: