ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްޓީއޯގެ ސިޓީ ހޮޓާ ތަރައްޤީކުރުމުގެ މަސައްކަތް އެޗްޑީސީއާއެކު ކުރިއަށް ގެންދަން ނިންމައިފި

ސިޓީ ހޮތެލްގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އެސްޓީއޯއިން އެޗްޑީސީއާއެކު ވި އެއްބަސްވުމުގެތެރެއިން. ފޮޓޯ: އެޗްޑީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ސްޓޭޓް ޓްރޭޑް އޮގަނައިޒޭޝަން ޕްރައިވެޓް ލިމިޓެޑް(އެސްޓީއޯ) އިން ހުޅުމާލޭގައި ތަރައްޤީކުރަން ފަށާފައިވާ ސިޓީ ހޮޓާގެ މަސައްކަތްތައް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން(އެޗްޑީސީ) އާއި ގުޅިގެން ކުރިއަށް ގެންދިއުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރައްވާފައިވަނީ، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ޙުސެއިން ޢަމްރުއެވެ. އެޗްޑީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ، އެ ކުންފުނީގެ މެނޭޖިންގ ދީރެކްޓަރު ސުހައިލް އަޙްމަދެވެ.

އެސްޓީއޯއިން ސިޓީ ހޮޓަލެއް ތަރައްޤީކުރުމަށްޓަކައި، ހުޅުމާލެއިން ބިމެއް ހޯދާފައިވަނީ 2007 ވަނަ އަހަރުގައެވެ. މި ގޮތުން ހުޅުމާލޭގައި ސިޓީ ހޮޓާ ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތްތައް އެސްޓީއޯއިން ފަށާފައިވަނީ 2012 ވަނަ އަހަރުގައެވެ. އެސްޓީއޯއިން އޭރު އެ މަސައްކަތްތަށް ފަށާފައިވަނީ، ރެޑިސްން ބްލޫ ހޮޓެލް ޗެއިން ހިންގާ އެމެރިކާގެ ކާލްސަން ގުރޫޕާއެކު ވެވުނު އެއްބަސްވުމުގެ ދަށުންނެވެ.

އެސްޓިއޯއިން ހުސްވިއަހަރުގައި ބޭއްވި އަހަރީ ޢަންމު ޖަލްސާގައި، އެ ކުންފުނީގެ އެމްޑީ ޙުސެއިން ޢަމްރު ވިދާޅުވޮގޮތުގައި، ފަތުރުވެރިންނަށް ޚާއްސަކޮށްގެން ހުޅޫމާލޭގައި ހަދާ ސިޓީ ހޮޓަލުގެ މަސައްކަތް ހުއްޓޫވާފައިވަނީ ކުރީގެ ސަރުކާރުންނެވެ. ޢަމްރު ވިދާޅުވި ގޮތުގައި، 2014 ވަނަ އަހަރު ރައީސް އޮފީހުންވަނީ އެސްޓީއޯއަށް ހޮޓަލުގެ ވިޔަފާރި ނުކުރެވޭނެކަން އަންގައި ސިޓީއެއް ފޮނުވާފައެވެ. މީގެ އިތުރުން 2015 ވަނަ އަހަރުގައި ސިޓީ ހޮޓާ ވިއްކައިލުމަށް އަަންގާ ރައީސް އޮފީހުން ސިޓީއެއް ފޮނުވިކަމަށް ވެސް ޢަމްރުވަނީ ވިދާޅުވެފައެވެ.

https://twitter.com/hdcmaldives/status/1285970717503156224?s=20

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ތަރައްޤިކުރާ މި ހޮޓަލުގެ ބޮޑުބައެއް މިހާރު ވަނީ ނިމިފައެވެ. 08 ފަންގިފިލާ ހިމެނޭ، އެ ހޮޓެލްގައި 195 ސްޓޭންޑަޑް ކިންގް ގެސްޓު ރޫމާއި، 24 ސްޓޭންޑަޑް ޓްވިން ރޫމާއި، 27 ޑިލަކްސް ރޫމުގެ އިތުރުން 05 ސްޓީޑުއޯ ރޫމު ހިމެނެއެވެ. މީގެ އިތުރުން އޯލް ޑޭ ޑައިނިންގ ރެސްޓޯރެންޓެއްގެ އިތުރުން، ސްޕެޝަލްޓީ ރެސްޓޯރަންޓަކާއި، ހަފްލާތައް ބޭއްވުމަށް ޤާއިމްކުރާ މާލަމަކާއި، ޝޮޕިންގ ސަރަހައްދެއް ހިމެނެއެވެ. އަދި 40 މީޓަރުގެ ޕީލެއްގެ އިތުރުން، މޫދު ކުޅިވަރު ކުޅޭނެ އިންތިޒާމާއި، ޕާކިންގް އޭރިއާއާއި، ސްޕަރއަކާއި، ޖިމެއް ހުންނާނެކަމަށް ވެސް އެސްޓީއޯއިން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: