ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް-19: އިތުރު 17 މީހުން ޕޮޒިޓިވްވެ، ޖުމްލަ ޢަދަދު 3،120 އަށް

ފޮޓޯ: ވަން އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއިން ކޮވިޑް-19 އަށް އިތުރު 17 މީހަކު ޕޮޒިޓިވްވެ، ބަލިޖެހުނު މީހުންގެ ޢަދަދު 3،120 އަށް އިތުރުވެއްޖެއެވެ.

މި ކަން ހާމަކޮށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން މިއަދުކުރި ޓްވީޓެއްގައި ބުނީ، ބުދަދުވަހުގެ ހަވީރު 18:00 އިން ފެށިގެން، ބުރާސްފަތި ދުވަހުގެ އެ ވަގުތާއި ހަމައަށް، ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޢަދަދު 17 އަށް އަރާފައިވާކަމަށެވެ. އަދި މި ޢަދަދާއެކު ރާއްޖެއިން މިހާތަނަށް ޖުމްލަ ޢަދަދު 3،120 އަށް އިތުރުވެފައިވާކަމަށް ވެސް އެޗްޕީއޭގެ ޓްވީޓުގައި ބުނެފައިވެއެވެ. މި ގޮތުން އެންމެ ފަހުން ޕޮޒިޓިވްވެފައިވަނީ 10 ދިވެހިންގެ އިތުރުން، ބަންގްލަދޭޝްގެ 06 މީހުންނާއި އިންޑިއާ މީހެއްކަމަށް އެޗްޕީއޭ ބުނެއެވެ.

https://twitter.com/HPA_MV/status/1286345085681111040?s=20

މީގެ އިތުރުން އެޗްޕީއޭގެ ޓްވީޓުވަނީ، ބަލިޖެހުނު މީހުންގެތެރެއިން އިތުރު 31 މީހަކު ރަނގަޅުވެފައިވާކަމަށް ވެސް ބުނެފައެވެ. އަދި މި ޢަދަދާއެކު ރާއްޖެއިން މި ބަލި ޖެހުނު މީހުންގެތެރެއިން ޖުމްލަ 2،428 މީހަކު ރަނގަޅުވެފައިވާކަމަށް ވެސް އެޗްޕީއޭއިން ބުނެފައިވެއެވެ.

އެޗްޕީއޭއިން ހާމަކުރިގޮތުގައި މިހާރު ފަރުވާދެމުން އަންނަނީ، 626 މީހަކަށެވެ. މީގެއިތުރުން 501 މީހަކު އައިސޮލޭޝަން ފެސިޓީތަކުގައި ތިބިކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ. ނަމަވެސް ކަރަންޓީނު ފެސިލިޓީތަކުގައި މިހާރު އެއްވެސް މީހަކު ނެތްކަމަށް ވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ. ރާއްޖެއިން މިބަލި ޖެހުނު މީހުންގެ ޢަަދަދު މިހާރު 3،120 އަރާފައިވާއިރު، އޭގެތެރެއިން 10 ދިވެއްސަކު ވަނީ ނިޔާވެފައެވެ. އަދި ބަންގްލަދޭޗްގެ 04 މީހަކާއި، ޕިލިޕީންސްގެ މީހަކު ވެސް މި ބަލީގައި ވަނީ ނިޔާވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: