ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުލަތުން އެމްޑީޕީއަށް ލިބޭ ފައިސާ ދާއިރާތަކަށް ބަހަން ނިންމައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީ ޕާޓީތަކަށް ދައުލަތުން ދޫކުރާ ފައިސާގެ ތެރެއިން އެމްޑީޕީއަށް ލިބޭ ފައިސާ 50  ޕަސަންޓް ދާއިރާތަކަށް ބެހުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުން ނިންމައިފިއެވެ.

ބުރާސްފަރި ދުވަހުގެ ރޭ ޖަމާލުއްދީން ސްކޫލުގައި ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއަށް ވަނީ އެމްޑީޕީއަށް ދައުލަތުން ދޭ ފައިސާގެ މިންވަރެއް ދާއިރާތަކަށް ދިނުމާއި ގުޅޭގޮތުން އައްޑޫ ސިޓީ ދާއިރާގެ ރައީސް އަހުމަދު އަދުހަމް ހުށައަޅާފައިވާ ގަރާރު ދިރާސާކޮށް އެކުލަވާލި ރިޕޯޓު ހުށައަޅާފައެވެ.

އަދުހަމް ހުށަހެޅުއްވި ޤަރާރު ދިރާސާކޮށްފައިވަނީ ގައުމީ މަޖިލީހުގެ ފަސް މެމްބަރުންގެ ކޮމިޓީއާއި ޕާޓީގެ މާލިއްޔަތާއި ޗަންދާ ކޮމިޓީން ގުޅިގެންނެވެ. އެމްޑީޕީގެ ގައުމީ މަޖިލިހުން އެ ރިޕޯޓް ފާސް ކުރީ 52 މެމްބަރުންގެ ވޯޓާއެކުގައެވެ.

ޕާޓީއަށް ލިބޭ ފައިސާގެ 50 ޕަސަންޓް ދާއިރާތަކަށް، އަދި އަނެއް 50 ޕަސަންޓް ޕާޓީގެ މައި އޮފީސް ހިންގުމަށް ބޭނުންކުރުމަށް ނިންމާފައެވެ.

ފޭދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަދި ދާއިރާ ރައީސް އަހުމަދު ނިހާދު ވަނީ އިސްލާހެއް ހުށަހަޅުއްވާފައެވެ. އެއީ ދައުލަތުގެ ބަޖެޓުން އެމްޑީޕީއަށް ލިބޭ ފައިސާ ދާއިރާތަކަށް ދޫކުރުމުގައި ޕާޓީގެ ކޮންމެ ދާއިރާއެއްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ބޭންކް އެކައުންޓެއް ހުޅުވާ އެ އެ ކައުންޓަށް ފައިސާ ޖަމާކުރަން ވާނެ ކަމަށެވެ. އެ އިސްލާހު ފާސްކޮށްފައި ވަނީ 39 މެމްބަރުންގެ ވޯޓާއި އެކުގައެވެ.

ރިޕޯޓަށް އިތުރު ދެ މެންބަރުން އިސްލާހެއް ހުށަހެޅުވި ނަމަވެސް ފާހެއް ނުވިއެވެ. އެއީ އެމްޑީޕީ ގައުމީ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ ރައީސް، އަހުމަދު ހަމްޒާ ހުށަހެޅުއްވި އިސްލާހެކެވެ.

ހަމްޒާ ހުށަހެޅުއްވީ އެ ރިޕޯޓްގެ 10 ވަނަ މާއްދާ އިސްލާހުކޮށް، ދައުލަތުން އެމްޑީޕީ އަށް ލިބޭ ފައިސާގެ 50 އިންސައްތަ ދާއިރާތަކަށް ބެހުމަށް، އެ ދާއިރާއަކަށް ލިބޭ ފައިސާއިން ދާއިރާގެ ރަށްރަށަށް ޚަރަދު ކުރުމާ ޢަމަލު ކުރަން ޖެހޭނެ ކަމަށް ނިންމާ ރަށް ރަށަށް ހަމަހަމަކޮށް 50 އިންސައްތަ ރަށްރަށުގެ މެމްބަރުންގެ ނިސްބަތުން 50 އިންސައްތަ ބެހުމަށް ކަނޑައަޅަން އިސްލާހެއް ހުށަހެޅިއެވެ. އެއިސްލާހަށް ވޯޓް ދެއްވީ 10 މެންބަރުންނެވެ.

ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ހުށަހެޅުއްވީ ދާއިރާތައް އަސާސީ ގަވާއިދާއި އެއްގޮތަށް ހިނގާތޯ ބެލުމާއި، ރިޕޯޓެއް ހުށަހެޅުމަށެވެ. އެ އިސްލާހަށް ވޯޓުދެއްވީ އެންމެ 8 މެމްބަރުންނެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: