ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޯޓުން ބޭރުން ކައިވެނިކޮށް، ކުޑަ ކުއްޖަކު ބަނޑުބޮޑުވި މައްސަލާގައި އައްތަފްގެ މައްޗަށް ދައުވާކުރުމަށް ފޮނުވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ޝަރުއީ އުސޫލުތަކާ ހިލާފަށް ކޯޓުން ބޭރުގައި އުމުރުން 17 އަހަރުގެ ކުއްޖަކާ ކައިވެނިކޮށް، އެ ކުއްޖާ ބަލިވެއިން މައްސަލާގައި ތުހުމަތުކުރެވޭ މީހާއަށް ދައުވާ ކުރުމަށް ފޮނުވައިފިއެެވެ.

ޕީޖީ އޮފީހުން ބުނީ 17 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި މައްސަލާގައި ކުޑަކުދިންނަށް ޖިންސީގޯނާކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަަކަށް އަމަލުކުރުމުގެ ގާނޫނުގެ 3 ވަނަ މާއްދާގެ ދަށުން ދައުވާކުރުމަށް ހއ. ފިއްލަދޫ، ޝެޑޯޒް އަޙްމަދު އައްޠަފްގެ މ.ކޮޅުފުށި މެޖިސްޓްރޭޓް ކޯޓަށް ހުށައަޅާފައިވާ ކަމަށެވެ.

އޭނާގެ މައްޗަށް ކުށް ސާބިތުވެއްޖެނަމަ 10 އަހަރާއި 14 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުމަށް ހުކުމްކުރެވޭނެއެވެ.

މިމައްސަލައާ ގުޅިގެން ޖުލައި 04 ވަނަ ދުވަހު ޢައްޠަފް މ. މުލި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ވަނީ ތުހުމަތުކުރެވޭ މައްސަލައަކީ ޝަރުއީ އުސޫލުތަކާ ހިލާފަށް ކޯޓުން ބޭރުގައި އުމުރުން 18 އަހަރު ނުވާ ކުއްޖަކާ ކައިވެނިކޮށް، ޖިންސީ ގޯނާ ކުރުމުގެ ސަބަބުން ކުއްޖާ ބަލިވެއިން މައްސަލައެއްކަމަށް ނިންމާފައެވެ. އަދި އޭނާ ދޫކޮށްލައިފިނަމަ ހެކިބަސްދޭން ތިބި މީހުންނަށް ނުފޫޒު ފޯރުވައި ހެކި ނައްތާލައިފާނެ ކަމަށް ބެލެވޭތީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ޝަރީއަތް ނިމެންދެން އޭނާ ހުރީ ބަންދުގައި ބަހައްޓާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: