ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޯޑަރު ހުޅުވައިލިފަހުން މިހާތަނަށް 226 މަސައްކަތްތެރިން ރާއްޖެ އައިސްފައިވޭ: އިމިގުރޭޝަން

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންތަކެއް. ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އާއި ގުޅިގެން ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު، އަލުން ބޯޑަރު ހުޅުވައިލިފަހުން، ރާއްޖޭގައި މަސައްކަތްކުރުމަށް 226 ބިދޭސީން އެތެރެވެފައިވާކަމަށް މޯލްޑިވްސް އިމިގުރޭޝަނުން ބުނެފިއެވެ.

ކޮވިޑާއި ގުޅިގެން އެޅި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބޯޑްރު ބަންދުކޮށްފައި އޮތުމަށްފަހު، އަލުން ބޯޑަރު ހުޅުވައިލާފައިވަނީ މި މަހުގެ 15 ދުވަހުއެވެ. މި ގޮތުން އަލުން ބޯޑަރު ހުޅުވައިލިފަހުން، ވޭތުވެދިޔަ ދިހަދުވަހުގެތެރޭގައި، އެކި ޤައުމުތަކަށް ނިސްބަތްވާ 226 މީހަކު ރާއްޖެ އައިސްފައިވާކަމަށް ހުކުރުދުވަހުގެރޭ އިމިގުރޭޝަނުން ޢާންމުކުރި ތަފާސް ހިސާބުތަކުގައިވަނީ ބުނެފައެވެ.

އިިގުރޭޝަނުން ޢާންމުކުރި ތަފާސް ހިސާބުތަކުގައިވާގޮތުން، ވޭތުވެދިޔަ 10 ދުވަހުގެތެރޭގައި، އެންމެ ގިނަ ބިދޭސީން ރާއްޖެ އައިސްފައިވަނީ ސްރީލަންކާއިންނެވެ. މި ގޮތުން އެ ޤައުމުން 123 މީހަކު އައިސްފައިވާކަމަށް އިމިގުރޭޝަންގެ ތަފާސްހިސާބުތަކުގައި ބުނެފައިވެއެވެ.

އިމިގުރޭޝަންގެ ތަފާސްހިސާބުތަކުން ދައްކާގޮތުން އިންޑިއާއިން 36 މީހަކު އައިއިރު، ތުރުކީން 13 މީހަކު ރާއްޖެ އައިސްފައިވެއެވެ. މީގެ އިތުރުން، ޕިލިޕީންސްގެ 11 މީހުންނާއި، ޗައިނާއިން 9 މީހުންނާއި، އިޓަލީން ރާއްޖެއައި 08 މީހުންގެ އިތުރުން، މިޞްރުގެ 07 މީހުންނާއި، އިނިގިރޭސިވިލާތުގެ 07 މީހަކު ހިމެނެއެވެ. އަދި ފަރަންސޭސިވިލާތާއި، މެލޭޝިޔާ މިއިން ކޮންމެ ޤައުމަކުން 5 މީހުން އައިސްފައިވާއިރު، އެހެނިހެން ޤައުމުތަކަށް ނިސްބަތްވާ 42 މީހަކު އައިސްފައިވާކަމަށް ވެސް ތަފާސް ހިސާބުތަކުގައި ބުނެފައިވެއެވެ.

ބޯޑަރު ހުޅުވައިލިފަހުން ރާއްޖެއައި މަސައްކަތްތެރީންގެ ތަފާސްހިސާބު ޢާންމުކޮށްފައިވާއިރު، އެ މުއްދަތުގެތެރޭގައި ރާއްޖެ އައިސްފައިވާ ފަތުރުވެރިންގެ ޢަދަދު ވެސް އިމިގުރޭޝަނުން ވަނީ ހާމަކޮށްފައެވެ. މި ގޮތުން މި މަހުގެ 15 އިން ފެށިގެން މިހާތަނަށް ރާއްޖެ އައިސްފައިވަނީ 904 ފަތުރުވެރިންކަމަށް އިމިގުރޭޝަނުން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: