ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިތުރު 55 މީހުން ކޮވިޑަށް ޕޮޒިޓިވްވެ، ޖުމްލަ ޢަދަދު 3،175 އަށް އަރައިފި

ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ ޢަދަދު 55 އަށް އިތުރުވެއްޖެކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނެފިއެވެ.

ހުކުރުދުވަހުގެރޭ ހެލްތު ޕްރޮޓެކްޝަން އެޖެންސީން ކުރި ޓްވީޓެއްގައި ބުނީ، ރާއްޖެއިން އިތުރު 55 މީހަކު ޕޮޒިޓިވްވެ، ޖުމްލަ ޢަަދަދު މިހާރު 3،175 އަށް އިތުރުވެފައިވާކަމަށެވެ. މި ގޮތުން އެންމެފަހުން ޕޮޒިޓިވްވެފައިވަނީ، 31 ދިވެއްސެއްގެ އިތުރުން، ބަންގްލަދޭޝްގެ 21 މީހުންނާއި، އިންޑިއާގެ 02 މީހުންނާއި، ސްރީލަންކާގެ މީހެއްކަމަށް އެޗްޕީއޭގެ ޓްވީޓުގައި ބުނެފައިވެއެވެ.

މީގެ އިތުރުން މި ބައްޔަށް ފަރުވާހޯދަމުންއައި މީހުންގެތެރެއިން އިތުރު 70 މީހަކު ރަނގަޅުވެފައިވާކަމަށް ވެސް އެޗްޕީއޭގެ ޓްވީޓުގައި ބުނެފައިވެއެވެ. އަދި މިހާރު މި ބައްޔަށް ފަރުވާ ހޯދަމުން އަންނަނީ، 647 މީހުންކަމަށް ވެސް ބުނެފައިވެއެވެ. އެޗްޕީއޭގެ ޓްވީޓުގައި ވަނީ މިވަގުތު ކަރަންޓީނުގައި އެއްވެސް މީހަކު ނެތްކަމަށް ބުނެފައެވެ. ނަމަވެސް އައިސޮލޭޝަން ފެސިލިޓީތަކުގައި ޖުމްލަ 531 މީހުން ތިބިކަމަށް އެޗްޕީއޭއިން ހާމަކޮށްފައިވެއެވެ.

https://twitter.com/HPA_MV/status/1286707483533352961?s=20

ރާއްޖެއިން މިހާތަނަށް 3،175 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، މި ބަލި ޖެހުނު 15 މީހަކު ވަނީ ނިޔާވެފައެވެ. އޭގެތެރޭގައި ހިމެނެނީ 10 ދިވެއްސެއްގެ އިތުރުން، ބަންގްލަދޭޝްގެ 04 މީހަކާއި، ޕިލިޕީންސްގެ މީހެއްކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: