ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބިދޭސީންގެ އެއްވުންތައް ހުއްޓުވުމުގެ ބަދަލުގައި ހައްގުތައް ކަށަވަރު ކޮށްދޭންޖެހޭ: ހިޔުމަން ރައިޓްސް ވޮޗް

ޝެއާރކޮށްލާ ކަހަލަދޯ؟

ބިދޭސީންގެ އެއްވުންތައް މަނާކޮށް، ހުއްޓުވުމުގެ ބަދަލުގައި، އެމީހުންގެ ހައްގުތައް ކަށަވަރުކޮށްދޭންޖެހޭ ކަމަށް ހިޔުމަން ރައިޓްސް ވޮޗްއިން ބުނެފިއެވެ.

”ރާއްޖޭގައި އަނިޔާތަކާއި ދެކޮޅަށް ބިދޭސީން ނުކުތުމުން ހައްޔަރުކޮށްފި“ މިސުރުހީގެ ދަށުން ހިޔުމަން ރައިޓްސް ވޮޗްއިން ލިޔެފައިވާ ލިޔުމުގައި ވަނީ ހަމަނުޖެހުންތައް ހުއްޓުވުމުގެ ބަދަލުގައި ބިދޭސީން މަގުމައްޗަށް ނުކުންނަނީ ކީއްވެތޯ ބަލައި، އެކަންކަަމަށް ހައްލު ގެނައުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އެހެންމަވެސް، ބިދޭސީންގެ ހާލަތު މިހާހިސާބަށް ދިޔަ ސަބަބު ނުވަތަ މިހިސާބަށް ދިޔައީ އަމިއްލަ ކުށުންނާއި ނާގާބިލްކަމުންކަން ފޮރުވުމަށް މަސައްކަތްތަކެއްް ކުރާކަމަށް އެލިޔުމުގައި ފާހަގަކޮށްފައިވެއެވެ. އަދި އެކަން ފޮރުވައި ބިދޭސީންނަކީ ސަލާމަތަށް ހުރި ނުރައްކަލެއްކަން ދައްކަން މަސައްކަތްކުރާ ކަމަށް ވަނީ ބުނެފައެވެ.

އެގޮތުން ސަލާމަތި ބާރުތަކުގެ އިސްވެރިންނާއި، ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ދާދި ފަހުން ދައްކަވާފައިވާ ވާހަކަތަކަށް ވަނީ އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ބިދޭސީން މުޒާހަރާތަކަށް ނުކުންނަނީ ހަމައެކަނި މުސާރަ ނުލިބިގެން ނޫންކަމަށާއި އޭގެ ފަހަތުގައި އެހެން ސަބަބުތަކެއް ވާކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އަދި އޭގެ ސަބަބުން ގައުމަށް ނުރައްކާވާފަދަ ހާލަތަކަށް ގޮސްފައިވާކަމަށް މާރިޔާ ވަނީ ވިދާޅުވަފައެވެ.

ގިނަ ބަޔަކު، ބިދޭސީންނަށް ވަޒީފާ ދޭނެކަމަށް ބުނެ އޮޅުވާލައިގެން ރާއްޖެއަށް ގެނެސް ވަޒީފާ ދިނުމެއްނެތި، އަދި ލިޔެކިޔުންތައް ވެސް އަތުލުމަށްފަހު މަގުމައްޗަށް އެމީހުން ދޫކޮށްލުމަކީ އިންސާނީ ވަގުފާރީގެ އަމަލުތައްކަމަށް ގިނަ އާންމުން ދެކޭއިރު، މިނިސްޓަރ މާރިޔާ ވަނީ ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި އެކަމަށްވެސް ދެކޮޅު ހައްދަވާފައެވެ. އެގޮތުން، ހިއުމަން ޓްރެފިކިންގެ ގާނޫނެއް ރާއްޖޭގައި އޮންނަކަމަށް ވިދާޅުވެ، މާރިޔާ ވަނީ އެއީ ރާއްޖޭގައި ނުހިނގާކަމެއްގެ ގޮތުގައި ދޭހަވާ މޭރުމަކުން ވާހަކަ ދައްކަވާފައެވެ. އަދި ހެއްކެއްގެ ގޮތުގައި ރާއްޖޭގެ ގާނޫނު އަސާސީގައި ހިޔުމަން ޓްރެފިކިން މާނަ ކުރާ ގޮތާއި، ބައެއް މާއްދާތަކާއި ނުކުތާތަކަށް ވަނީ އަލިއަޅުއްވާލައްވާފައެވެ.

ހިޔުމަން ރައިޓްސް ވޮޗްގެ ލިޔުމުގައި ބުނެފައިވަނީ ކޮވިޑް-19ގެ އައުޓްބްރޭކާއެކު ރާއްޖޭގައި އުޅޭ ބިދޭސީން ޚާއްސަކޮށް ބަންގްލަދޭޝްއަށް ނިސްބަތްވާ މީހުންގެ ހާލަތު އިތުރަށް ގޯސްވެގެން ހިނގައްޖެ ކަމަށެވެ. އަދި މީގެ ކުރިން އެމީހުން އުޅެމުން ހާލަތު މިހާރު ވަކިން ބޮޑަށް ސާފުވާން ފަށާފައިވާ ކަަމަށެވެ. އެގޮތުން ތޮއްޖެހިގެން އެތައް ބަޔަކު އެއްތަންކޮޅެއްގައި އުޅެން ޖެހުމާއި ސއްހީ އެހީތެރިކަން ލިބުމުގައި ބޮޑެތި ދަތިތަކެއް ހުރުމާއި މަސައްކަތުގެ މާހައުލުގައި ކަންކަން ހުންނަ ގޮތުން ކޮވިޑް-19 ޖެހުމުގައި ހައި ރިސްކް މީހުންގެ ގޮތުގައި އެމީހުންވާކަން ވަނީ ފާހަގަކޮށްފައެވެ.

ލިޔުމުގައި ފާހަގަކޮށްފައިވާ ބައެއް އެހެން ކަންކަމަށް ބަލާއިރު، ބިދޭސީން ރާއްޖެ ގެންނަ މީހުން ބިދޭސީންގެ ހެލްތު އިންޝުއަރަންސްގެ ކަންކަން ހަމަޖައްސަައިދޭން ޖެހޭކަން ވަނީ ފާހަގަކޮށްފައެވެ. އެހެންނަމަވެސް، ގިނަ މީހުންނަށް އެމީހުންގެ ހްލްތު އިންޝުއަރަންސް އޮންނަކަންވެސް ނޭންގޭ ކަމަށާއި ބައެއް މީހުން ބިދޭސީންގެ ލިޔެކިޔުންތައް ބިދޭސީންގެ އަތުން ނަގައި ހިފަހައްޓާފައިވާކަން ވަނީ ފާހަަގަކޮށްފައެވެ.

މީގެ އިތުރަށް، އިންޓަނޭޝަނަލް ކޮންވެންޝަން އޮން މައިގްރަންޓް ވޯކަރޒް އަދި އިންޓަނޭޝަނަލް ލޭބަރ އޯގަނައިޒޭޝަންގެ ޕްރޮޓޮކޯލް އޮފް 2014 ޓު ދަ ފޯސްޑް ލޭބަރ ކޮންވެންޝަން ފަދަ މުއާހަދާތައް ބަލައިގަންނަން ޖެހޭ ކަމަށާއި ސަރުކާރުންވެސް ހުރިހާ އެންމެންގެ އިންސާނީ ހައްގުތައް ކަށަވަރުކޮށްދިނުމަށް ބާރު އަޅަންޖެހޭކަން ފާހަގަކޮށްފައިވެއެވެ.

ރާއްޖެ މިހާރު ވެސް އޮތީ ހިޔުމަންޓްރެފިކިން ރިޕޯޓުގެ ވޮޗްލިސްޓްގެ ޓަޔަރ 2ގައި ކަމަށްވެސް ލިޔުމުގައި ވަނީ ފާހަގަކޮށްފައެވެ. މިކަމުންވެސް ހާމަކޮށްދެނީ ރާއްޖޭގައި އިންސާނީ ވަގުފާރީގެ އަމަލުތައް ހިންގަމުންދާ މިންވަރުކަމަށް ލިޔުމުގައި ވަނީ ފާހަގަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: