ރާއްޖޭގައި ތިބި ބިދޭސީން އެނބުރި ގައުމަށް ފޮނުވާލުމުގެ ޕްރޮގްރާމުގެ ދަށުން، އިތުރު 200 ބަންގްލަދޭޝްގެ މީހަކު އެ މީހުންގެ ގައުމަށް ފުރުވާލައިފިއެވެ.
ބިދޭސީން ގައުމަށް ފޮނުވާލުމުގައު މަސައްކަތް ކުރަނީ ގައުމީ އެއާލައިން މޯލްޑިވިއަން އިންނެވެ. މި އަހަރުގެ ތެރޭގައި، ރާއްޖޭގައި ތިބި 20،000 އަށް ވުރެ ގިނަ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.
ބަންގަލަދޭޝްގެ މީހުން އެމީހުންގެ ގައުމަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުންދާކަން ހާމަކޮށް ސަރުކާރުން ބުނެފައިވަނީ، ބަންގްލަދޭޝްގެ މީހުން ފޮނުވާލުމުގެ މަސައްކަތް ކުރަމުންދަނީ އެ ގައުމުގެ ސަރުކާރާއި ވާހަކަ ދައްކައިގެން ކަމަށެވެ.
މޯލްޑިވިއަންގެ ފްލައިޓުތަކުން އެކަނިވެސް މި މަހުގެ ތެރޭގައި އެއް ހާހަށް ވުރެ ގިނަ ބިދޭސީން ވަނީ ފުރުވާލާފައެވެ. ލިޔެކިޔުން ނެތި ރާއްޖޭގައި އުޅެމުން އަންނަ ބިދޭސީން ފޮނުވާލުމުގެ މަސައްކަތް ފެށިފަހުން މިހާތަނަށް، 3،000 ބިދޭސީން އެނބުރި ގައުމަށް ފޮނުވާފައި ވެއެވެ.
ދާދިފަހުން އެސެޓް ރިކަވަރީ ކޮމިޝަނުން ބުނެފައިވަނީ ރާއްޖެއަށް ފާއިތުވީ ފަސް އަހަރުގެ ތެރޭގައި ރާއްޖެއަށް 110،000 ފަތުރުވެރިން އެތެރެފައިވާ ކަމަށެވެ. އަދި އޭގެ ސަބަބުން ނިކުތް މައްސަލަތަކާއި ގުޅިގެން ގޮތްތަކެއް ނިންމުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއަށް ދަންނަވާފައިވާނެ ކަމަށެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަންގެ ރައީސް، އަހުމަދު އައްސަދު ވިދާޅުވީ 2014 އާއި 2019 ދެމެދު ރާއްޖެއަށް އެތެރެވެފައިވާ ބިދޭސީންނަކީ އެއީ ރާއްޖޭގެ އާބާދީއާއި އެއްވަރު އަދަދެއް ކަމަށެވެ.

