ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއާޕޯޓަށް މީހުން ފުރުވަން، އަދި ރިސީވް ކުރަން އެކަކު ދިއުމަށް އެދެފި

އެއާޕޯޓަށް ދާއިރު ސަމާލުވަށް އެދުން/ މީހުން ފުރުވަން އަދި ބަލާ އެއާޕޯޓަށް އެކަކު ދާން ވަނީ އެދިފައި/ ފޮޓޯ ވީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި އަނެއްކާވެސް ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް އިތުރުވެފައިވާއިރު، ރައްކާތެރިވުމުގެ ގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަން ދާއިރު، އެކުގައި އެކަކަށް ވުރެ ގިނަ މީހުން ނުދިއުމަށް އިލްތިމާސްކޮށްފިއެވެ.

ލޮކްޑައުންގެ ލުއިތަކެއް ދިންތާ ދުވަސްތަކެއްފަހުން، މާލޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް ވަނީ އިތުރުވާން ފަށާފައެވެ. އަދި ކުރިޔަށް އޮތްތަނުގައި ހާލަތު ގޯސްވެދާނެކަމަށް ޕްރޮޖެކްޝަންތަކުން ދައްކައެވެ. މާލެއިން މީހުން ރަށްތަކަށް އަދިވެސް ދާއިރު، ހޯމް ކަރަންޓީނުގައި ތިބޭ މީހުން ދަނީ ކޮވިޑަށް ޕޮޒިޓިވަމުނެވެ.

ދަތުރު ކުރުމުގައި ސަމާލުވުމަށް އިލްތިމާސްކޮށް، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީއިން ބުނެފައިވަނީ އެއާޕޯޓުން ފަސިންޖަރުން ފުރުވުމަށާއި، އަދި ބަލާ ދާއިރު ވެސް އެކަކަށް ވުރެ ގިނަ މީހުން ނުދިއުމަށް އެދޭ ކަމަށެވެ.

އެމްއޭސީއެލްއިން ބުނެފައިވަނީ، ކޮންމެހެން ދާން ޖެހިގެން ނޫން ގޮތަކަށް އެއާޕޯޓަށް ނުދިއުމަށް އެދޭ ކަމަށެވެ. އަދި މިއީ ފަސިންޖަރުންގެ އިތުރުން އެއާޕޯޓުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ރައްކަލާއި، ސަލާމަތްތެރިކަމަށް އެދޭ އެދުމެއްގެ ގޮތުގައި އެމްއޭސީއެލްއިން ވަނީ ބުނެފައެވެ.

ކޮވިޑާއި ދެކޮޅަށް އެޅި ފިޔަވަޅުތަކުގެ ދަށުން ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށްފައި އޮތުމަށްފަހު ބޯޑަރުތައް އަލުން ހުޅުވާލާފައިވަނީ ޖުލައި މަހުގެ 15 ގައެވެ. އަދި ޑޮމެސްޓިކް ދަތުރުތަކުގެ އިތުރުން، އިންޓަނޭޝަނަލް ދަތުރުތައް ވަނީ ވަކި ގައިޑްލައިންތަކެއްގެ ދަށުން ފަށާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: