ކޮވިޑް-19 އަށް އިތުރު 129 މީހުން ޕޮޒިޓިވްވެއްޖެއެވެ.
ހެލްތު އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވިގޮތުގައި ކޮވިޑް-19 އަލަށް ޕޮޒިޓިވްވި 129 މީހުންނަކީ ހުކުރުދުވަހުގެ 18:00 އިން ހޮނިހިރުދުވަހުގެ 18:00 އާއި ދެމެދު ޕޮޒިޓިވްވެފައިވާ މީހުންނެވެ.
މި ގޮތުން އެންމެ ފަހުން ޕޮޒިޓިވްވި މީހުންގެތެރޭގައި ހިމެނެނީ 93 ދިވެހިންނާއި ބަންގްލަދޭޝްގެ 26 މީހުންނާއި އިންޑިއާގެ 09 މީހުންނާއި ނޭޕާލްގެ މީހެއްކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.
މި މީހުންގެތެރޭގައި މާލެ ސަރަހައްދުން ޕޮޒިޓިވްވި 128 މީހުން ހިމެނޭކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.
ޑރ.ނަޒްލާ ވިދާޅުވި ގޮތުގައި ބަލިޖެހުނު މީހުންގެތެރެއިން އިތުރު 39 މީހުންވަނީ ރަނގަޅުވެފައެވެ. އަދި ފަރުވާދެމުން އަންނަނީ 2088 މީހަކަށްކަމަށާއި އޭގެތެރެއިން 144 މީހަކަށް ފަރުވާދެނީ ހޮސްޕިޓަލުގައިކަމަށް ވެސް ޑރ.ނަޒްލާ ވިދާޅުވިއެވެ. އަދި ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ މީހުންގެތެރެއިން 09 މީހުންނަށް ފަރުވާދެނީ އައިސީޔޫގައިކަމަށް ވެސް ޑރ.ނަޒްލާ ވަނީ ވިދާޅުވެފައެވެ.
ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ޖުމްލަ ޢަދަދު މިހާރު ވަނީ 4898 އިތުރުވެފައެވެ. އަދި ބަލިން ރަނގަޅުވީ ޖުމްލަ 2791 މީހެކެވެ. އޭގެ އިތުރުން މިހާތަނަށް 19 މީހަކު ވަނީ ނިޔާވެފައެވެ.

