ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހަށް ވަޑައިގެން މަޝްވަރާދެއްވުމަކީ ސަރުކާރު ޖަވާބުދާރީކުރުމުގެ ނިޒާމު: ރައީސް ނަޝީދު

ފައިލްފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން މަޝްވަރާދެއްވުމަކީ ސަރުކާރު ޖަވާބުދާރީކުރުމުގެ ނިޒާމް ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައި މިވަނީ އެ މަނިކުފާނު މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

މި ގޮތުން ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް އެކި ޚިޔާލުތަކުގެ އެކި ބާވަތުގެ ބޭފުޅުން ވަޑައިގެން މަޝްވަރާދެއްވުމަކީ ސަރުކާރު ޖަވާބުދާރީކުރުމުގެ ނިޒާމް ކަމަށެވެ.

މީގެ އިތުރުން ނަޝީދު ވަނީ މަޖިލީހުގެ ކޮމިޓީތަކަށް ވަޑައިގަންނަވާ ހުރިހައި ފަރާތްތަކަކީ ސަރުކާރަށް އަބަދު ތާއީދުކުރާ ފަރާތްތަކެއް ނޫންކަމަށް ވެސް ވިދާޅުވެފައެވެ.

ރައީސް ނަޝީދު މިފަދައި ވިދާޅުވެފައިވާއިރު ރާއްޖޭގެ ސިއްހީ ނިޒާމުގައި ޢިމާރާތްތައް ކިތަންމެ ގިނަވިޔަސް ޚިދުމަތުގެ ފެންވަރު ރަނގަޅުނުވާކަމަށާއި ވަސީލަތުގެ ގޮތުން ސިއްހީ ދާއިރާ ކުރިނާރާކަމަށް ހެލްތު މިނިސްޓްރީގައި މީގެކުރިން ޚިދުމަތްކުރެއްވި ޑޮކްޓަރުންތަކަކާއި ސިއްހީ މާހިރުން ވަނީ ވިދާޅުވެފައެވެ.

އެ ބޭފުޅުން މިހެން ވިދާޅުވެފައިވަނީ ދާދި މިދާކަށްދުވަހު މަޖިލީހުގެ އިޖުތިމާޢީ ކޮމިޓީގައެވެ. އިޖުތިމާޢީ ކޮމިޓީގެ ބައްދަލުވުމުގައި ޑޮކްޓަރުންވަނީ ސިއްހީދާއިރާގައި ހުރި ކަންބޮޑުވުންތައް ފާހަގަކުރައްވާފައެވެ.

މި ގޮތުން ޑޮކްޓަރުން ވަނީ ދުވަހަކަށްފަހު ދުވަހެއް ފާއިތުވަމުންދާއިރު ސިއްހީ ދާއިރާ ދަނީ ފަހަތަށްކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން ޑިރެކްޓަރ ޖެނެރަލް އޮފް ފުޑް އެންޑް ޑްރަގް އޮތޯރިޓީއާއި ކޮމިޝަނަރ އޮފް ކޮލިޓީ އެޝުއަރެންސް ފަދަ މަޤާމުތައް ހުސްކޮށްހުރުމުން ސިއްހީދާއިރާ ފަންކްޝަންކުރަން ދަތިތަކެއް ކުރިމަތިވާކަމަށް ވެސް ޑޮކްޓަރުން ވަނީ ފާހަގަކުރައްވާފައެވެ.

އޭގެ އިތުރުން ހެލްތު މިނިސްޓަރު އަމީން ސަރުކާރުގެ އެގްޒެކިއުޓިވް ބޭފުޅުންގެ ބައްދަލުވުންތައް ކުރިއަށް ނުގެންދަވާކަމަށް ވެސް ފާހަގަކުރެއްވިއެވެ. އަދި ސިޔާސީ މަޤާމުތަކާއި ދެމަހުން އެއްމަހުގައިވެސް ބައްދަލުނުކުރައްވާކަމަށާއި މަޝްވަރާއެއްނެތި ކަންތައްތައް ނިންމުމުގެ އިތުރުން ނުފޫޒު ބޭނުންކުރައްވައިގެން ސިއްހީ ވަސީލަތްތައް ހޯއްދަވާކަމަށް ވެސް ފާހަގަކުރައްވާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: