ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިތަދޫ އަށް އަރައި ފޭބުން މަނާކޮށްފި!

ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ސިޓީގެ ހިތަދޫން ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވުމާ ގުޅިގެން، ހިތަދޫއަށް އަރައިފޭބުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މަނާކޮށްފިއެވެ.

ހިތަދޫ ކޮވިޑް-19 އަށް ޕޮސިޓިވްވެފައިވަނީ ބިދޭސީއެކެވެ. 38 އަހަރުގެ އެ މީހާ ބައްޔަށް ޕޮޒިޓިވްކަން އެނގިފައިވަނީ، ހޯމް ކަރަންޓީނުގެ 14 ދުވަސް ހަމަކޮށް ރިލީޒް ދިނުމުގެ ކުރިން ބައްޔަށް ޓެސްޓު ކުރުމުންނެވެ. އެކަމާއި ގުޅިގެން ހިތަދޫ މިހާރުވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.

ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި، އައްޑޫ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) އަށް ފޮނުއްވި މޮނިޓަރިންގެ ލިޔުމުގައިވަނީ އަންގަވާފައިވަނީ ހިތަދޫ މިވަގުތަށް ބަންދުކޮށްފައިވާތީ، ބަލަންޖެހޭ ކަންކަން ބެލުމާއި ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަން ޖެހޭ ޒިންމާތައް އަދާކުރުމުގައި އެއްބާރުލުން ދިނުމަށެވެ.

ކޮވިޑް-19އާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް ހިތަދޫގައި މި ވަގުތު ތިބި އެއްވެސް ބަޔަކު އެޗްޕީއޭ އިން ވަކި ގޮތަކަށް އަންގަންދެން ހިތަދޫން ފައިބައި އަދި އެ ހިތަދޫއަށް އެރުން ވެސް މިއަދުން ފެށިގެން މަނާވާނެ ކަމަށް ލިޔުމުގައިވެއެވެ.

މީގެގެ އިތުރުން މި ހާލަތުގައި ހިތަދޫގެ ކަންކަން ވިލަރެސް ކުރާނެ މީހަކު ކައުންސިލުން ކަނޑައަޅައި ދިނުމަށް ވެސް އަންގާފައިވެއެވެ.

ބިދޭސީ މީހާގެ ސާމްޕަލް ނަގާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. އަދި މިއަދު އޭނާގެ ނަތީޖާ ލިބުނުއިރު ބައްޔަށް ޕޮޒިޓިވްވެފައިވާތީ ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް ކުރިޔަށް ގެންދިޔުމުގެ މަސައްކަތްވަނީ ފަށާފައެވެ.

ހިތަދޫގައި ދައުލަތުގެ މުހިންމު މުއައްސަސާތަކެއް ހިންގައެވެ. އެގޮތުން އައްޑޫ އިކްއަޓޯރިއަލް ހޮސްޕިޓަލާއި ކޮވިޑް މެނޭޖްމަންޓް ސެންޓަރާއި ބައެއް މިނިވަން މުއައްސަސާތަކުގެ އޮފީސްތައް ހިމެނެ އެވެ.

ބިދޭސީމީހާ އަކީ އައްޑޫގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި ތިން ވަނަ މީހާ އެވެ. ހޮނިހިރު ދުވަހު މާލެ އިން އައްޑޫ އަށް ދިޔަ ފުލުހަކުވެސް ކޮވިޑް-19 އަށް  ޕޮޒިޓިވެފައިވެއެވެ. އަދި ޖޫން މަސްތެރޭގައި މާލެ އިން ގޮސް ގަމުގެ އީކްއޭޓާ ވިލެޖްގައި ކަރަންޓީނުކުރި ދުވަސްވީ އަންހެނެކުވެސް ޕޮޒިޓިވްވެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: