ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލްހާން ރައީސް ނަޝީދަށް: ޒިންމާދާރުކުރުވާ ވާހަކަ ނުދައްކަވާ ތިޔައީ ނިޒާމު އެނގިވަޑައިގަންނަވާ ބޭފުޅެއްނޫން

އަލްހާން ފަހުމީ. ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދަކީ ނިޒާމު އެނގިވަޑައިގަންނަވާ ބޭފުޅެއް ނޫންކަމަށް ވިދާޅުވެ މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީ ފާޑުވިދާޅުވެއްޖެއެވެ.

އަލްހާން ފާޑު ވިދާޅުވެފައި މިވަނީ އެކި ޚިޔާލުތަކުގެ އެކި ބާވަތުގެ ބޭފުޅުން މަޖިލީހަށް ވަޑައިގެން މަޝްވަރާދެއްވުމަކީ ސަރުކާރު ޖަވާބުދާރީކުރުމުގެ ނިޒާމް ކަމަށް ވިދާޅުވެ ރައީސް ނަޝީދު ކުރެއްވި ޓްވީޓާއި ގުޅިގެންނެވެ. މި ގޮތުން ރައީސް ނަޝީދު ކުރެއްވި ޓްވީޓްގައިވަނީ މަޖިލީހުގެ ކޮމިޓީތަކަށް ވަޑައިގަންނަވާ ހުރިހައި ފަރާތްތައް އަބަދު ސަރުކާރަށް ތާއީދުނުކުރާނެކަމަށް ވެސް ވިދާޅުވެފައެވެ.

ރައީސް ނަޝީދުގެ މި ވާހަކަތަކަށް ފާޑު ވިދާޅުވެ އަލްހާން ކުރެއްވި ޓްވީޓުގައި ވަނީ ރައީސް ނަޝީދަކީ ނިޒާމު އެނގިވަޑައިގަންނަވާ ބޭފުޅެއް ނޫންކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން އަލްހާން ވަނީ ރައީސް ނަޝީދު މަޖިލިސް ހިންގަވަނީ ނިޒާމުން ބޭރުންކަމަށް ވިދާޅުވެފައެވެ. އަދި ބަރުލަމާނީ ނިޒާމު ހައްދަވަން ރައީސް ޞާލިޙް އެއްބަސްވެވަޑައި ނުގެންނެވީމާ ސަރުކާރަށް އެކި ގޮތްގޮތުން ޖެއްސުންކުރައްވަން ޒިންމާދާރުކުރުވާ ވާހަކަ ނުދެއްކެވުމަށާއި ރައީސް ނަޝީދު ދަސްވެއްޖެކަމަށް ވެސް އަލްހާން ވިދާޅުވިއެވެ.

ބަރުލަމާނީ ނިޒާމު ހައްދަވަން ރައީސް ޞާލިޙް އެއްބަސްވެވަޑައި ނުގެންނެވީމާ ސަރުކާރަށް އެކި ގޮތްގޮތުން ޖެއްސުންކުރައްވާ ވާހަކަ އަލްހާން ވިދާޅުވެފައިރު ޤައުމެއްގައި ވެރިކަން ކުރެވެން އޮތް ހަމައެކަނި ނިޒާމަކީ ބަރުލަމާނީ ނިޒާމުކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. އަދި އަކުރު އެނގިވަޑައިގަންނަވަން ފެށީއްސުރެ ވެސް އެ ކަން ޤަބޫލުކުރެއްވެވިފައިވާ ކަމަށް ވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. މި ގޮތުން ރައީސް ނަޝީދު ގެންދަވަނީ ސަރުކާރުގެ ސިޔާސަތުތައް އެފުށް މިފުށަށް ޖަހައިލުމަށްކަމަށް ގިނަބަޔަކު ދަނީ ތުހުމަތުކުރަމުންނެވެ. އަދި ނިޒާމުން ބޭރުން ކަންކަން ނިންމެވުމަށް އުޅުއްވާކަމަށް ވެސް ގިނަބަޔަކުވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: