ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް-19 އަށް އިތުރު 143 މީހުން ޕޮޒިޓިވްވެއްޖެ

ފޮޓޯ: ހަފްތާއެމްވީ
ޝެއާރކޮށްލާ ކަހަލަދޯ؟

ހޮނިހިރު ދުވަހު 18:00 އިން ފެށިގެން އާދިއްތަ ދުވަހުގެ އެ ވަގުތާއި ހަމައަށް ކޮވިޑް-19 އަށް  143 މީހުން ޕޮޒިޓިވްވެއްޖެއެވެ.

ކޮވިޑް-19 އަށް އިތުރު 143 މީހުން ޕޮޒިޓިވްވެފައިވާކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަނީ ކަށަވަރުކޮށްދީފައެވެ.

މި ގޮތުން އެޗްޕީއޭއިން މިރޭ ކުރި ޓްވީޓްގައި ވަނީ 107 ދިވެހިންނާއި ބަންގްލަދޭޝްގެ 28 މީހުންނާއި  އިންޑިއާގެ 06 މީހުންނާއި ނޭޕާލްގެ 02 މީހަކު ޕޮޒިޓިވްވެފައިވާކަމަށް ބުނެފައެވެ. އަދި މި މީހުންގެތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި  140 މީހުންނާއި އެހެނިހެން ރަށްރަށުން ޕޮޒިޓިވްވި 03 މީހުންކަމަށް ވެސް ޓްވީޓުގައި ބުނެފައިވެއެވެ.

އެޗްޕީއޭއިން ހާމަކުރިގޮތުގައި ބަލިޖެހުނު މީހުންގެތެރެއިން އިތުރު 13 މީހުންވަނީ ރަނގަޅުވެފައެވެ. އަދި މިހާރު ފަރުވާދެމުން އަންނަނީ 2218 މީހަކަށްކަމަށާއި އޭގެތެރެއިން 140 މީހަކަށް ފަރުވާދެނީ ހޮސްޕިޓަލުގައިކަމަށް ވެސް ޓްވީޓުގައި ބުނެފައިވެއެވެ.

ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ޖުމްލަ ޢަދަދު މިހާރު ވަނީ 5041 އިތުރުވެފައެވެ. އަދި ބަލިން ރަނގަޅުވީ މީހުންގެ އަދަދު 2804 އަށް އަރާއިރު މިހާތަނަށް 19 މީހަކު ވަނީ ނިޔާވެފައެވެ.

މި ބަލީގެ ނުރައްކާތެރިކަން އިތުރުވެ ރާއްޖޭގެ އެކި ރަށްރަށުން ޕޮޒިޓިވް ކޭސްތައް ދަނީ ފެންނަމުންނެވެ.

މި ގޮތުން މިހާރުވެސް ޕޮޒިޓިވްވެފައިވާ މީހުން ތިބި ރަށްތަކުގެތެރޭގައި ހއ.ކެލާ އާއި ހދ.ނައިވާދުއާއި ބ.ކުޑަރިކިލާއި ރ.އިނގުރައިދުއާއި ޅ.ހިންނަވަރު ހިމެނެއެވެ. އޭގެ އިތުރުން ކ.މާފުށްޓާއި ވ.ފުލިދުއާއި ފުވައްމުލަކ ސިޓީއާއި ހއ.އިހަވަންދުއާއި ހއ.ފިއްލަދޫއާއި ބ.ކަމަދުއާއި ރ.ހުޅުދުއްފާރާއި އައްޑޫ ސިޓީ ހިތަދޫ ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: