ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޚާރިޖިއްޔާގެ އިސް ސަފަށް އަންހެން ބޭފުޅުން ނެރުމަށް ކުރެވޭ މަސައްކަތުގައި އިތުރު ކާމިޔާބީއެއް

ފޮރިން މިނިސްޓަރ އަބްދިﷲ ޝާހިދު: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ފޮރިން މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުގައި ތިއްބެވި 5 ބޭފުޅަކު ޖޮއިންޓް ސެކްރެޓަރީގެ މަޤާމަށް އައްޔަން ކުރައްވައިފިއެވެ.

ޖޮއިންޓް ސެކްރެޓަރީގެ މަޤާމަށް އައްޔަންކުރެވުނު ބޭފުންނަކީ ފޮރިން މިނިސްޓްރީގައި ގިނަ ދުވަސްތަކެއް ވަންދެން ވަޒީފާ އަދާކުރައްވާފައިވާ، އުސޫލުތަކާ އެއްގޮތަށް މަޤާމުގެ ކުރިއެރުން ހޯއްދަވާފައިވާ ބޭފުޅުންނެވެ. އަދި ކޮންމެ ބޭފުޅަކުވެސް ވަނީ މާސްޓަރސް ޑިގްރީ ހާސިލްކުރައްވާފައެވެ.

ޖޮއިންޓް ސެކްރެޓަރީ ކަމަށް އައްޔަން ކުރެވުނު 5 ބޭފުޅުންގެ ތެރޭގައި ތިއްބެވީ 10 އަހަށްވުރެ ގިނަ ދުވަހު ޚާރިޖިއްޔާގައި ވަޒީފާ އަދާކުރައްވާފައި ތިއްބެވި ބޭފުޅުންނެވެ. އަދި ބައެއް ބޭފުޅުން 20 އަހަރަށްވުރެ ގިނަ ދުވަހު ފޮރިން މިނިސްޓްރީގައި، ސިވިލް ސަރވަންޓުންގެ ގޮތުގައި ސަރުކާރަށް ޚިދުމަތް ކުރައްވާފައިވެއެވެ. މި 5 ބޭފުޅުންނަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ މަރުޙަބާ ވިދާޅުވެފައެވެ.

ޖޮއިންޓް ސެކްރެޓަރީންގެ ގޮތުގައި ހަމަޖެހުނު 5 ބޭފުޅުންގެ ތެރޭގައި 3 އަންހެން ބޭފުޅުން ހިމެނެއެވެ. މިއާއެކު މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީންގެ 62 އިންސައްތައަކީ އަންހެން ބޭފުޅުންނަށް ވަނީ ވެފައެވެ. މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ ދަށުން ހިނގަމުން އަންނަ ޑިޕްލޮމެޓިކް މިޝަންތަކުގައި ތިއްބެވި އިސްވެރިންގެ ތެރެއިން ދެބައިކުޅަ އެއްބަޔަކީ މިހާރު އަންހެން ބޭފުޅުންނެވެ.

މަޤާމުގެ ކުރިއެރުން ދީ، ޖޮއިންޓް ސެކްރެޓަރީކަމަށް އެބޭފުޅުން އައްޔަންކުރެއްވުމުން ކުރިން އެބޭފުޅުން ތިއްބެވި ޑިރެކްޓަރ ޖެނެރަލްގެ މަޤާމުތައް ވަނީ އުވާލެވިފައެވެ. ފޮރިން މިނިސްޓްރީގެ އޮނިގަނޑު ހަމަޖެހިފައި އޮންނަ ގޮތުން ޑިރެކްޓަރ ޖެނެރަލްއަށްވުރެ މަތީ ރޭންކެއްގެ ގޮތުގައި ހަމަޖެހިފައިވަނީ ޖޮއިންޓް ސެކްރެޓަރީ ރޭންކްއެވެ. ޖޮއިންޓް ސެކްރެޓަރީގެ މަޤާމަކީ ސިވިލް ސަރވިސްގެ އުސޫލުތަކުގެ ތެރެއިން ލިބޭ އެލަވަންސްތައް (އިތުރު ގަޑީގެ ފައިސާ، ސެޓްފިކެޓް އެލަވަންސް ފަދަ އެހެނިހެން އެލަވަންސްތައް) ލިބޭ މަޤާމަކަށް ނުވާތީ، ޑިރެކްޓަރ ޖެނެރަލްގެ މަޤާމުގައި ތިއްބަވާއިރު، އެބޭފުޅުންނަށް ކޮންމެ މަހެއް ނިމިގެން ގެއަށް ގެންދަން ލިބިވަޑައިގެންނެވި މުސާރައަށްވުރެ މިހާރު ލިބިވަޑައިގަންނަވާ އަދަދު މަދުވާނެއެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: