އެމްޑީޕީގެ އެތެރޭގައި މައްސަލަތައް އުފެދިފައިވާ ވާހަކައަކީ އައު ވާހަކައެއް ނޫނެވެ. ފާޅުކަން ބޮޑު ގޮތެއްގައި ޕާޓީގެ އެއް މެމްބަރަކު އަނެއް މެމްބަރަކަށް ބަހުގެ ހޫނު ހަމަލާތައް އަމާޒުކުރަމުންދާއިރުވެސް ޕާޓީގެ އެއްވެސް މެމްބަަރަކު މައްސަލައެއް އުޅޭ ކަމަކަށް އެއްބަހެއް ނުވެއެވެ.
މިއަދު ފެންނަމުން މިދާ ކަންކަމަށް ބަލާއިރުވެސް ޕާޓީގެ އެތެރޭގައި ހަމަ ރަނގަޅަށްވެސް މައްސަލަތައް ހުރިކަން އެބަ ފެނިގެންދެއެވެ. ޕާޓީ އެކި ފެކްޝަންތަކަށް ބެހިފައިވާތަން ފެެނެއެވެ. ރައީސް ސޯލިހުގެ ފެކްޝަނަކާއި ރައީސް ނަޝީދުގެ ފެކްޝަނެއް ކަމަށް ގަބޫލުުކުރެވެއެވެ.
ޕާޓީ ތެރޭގައި ހަމަނުޖެހުންތައް ހުރިކަން ހާމަވަމުންދާއިރު މިިނިސްޓަރ ފައްޔާޒްގެ މައްސަލައަކީ މިކަމަށް ބާރު ލިބިދޭ ކަމެކެެވެ. އެމްޑީޕީއަށް ނިސްބަތްވާ ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން ތައްޔާރުވާން އުޅޭ ކަމުގެ އަޑުތައް ފެންމަތިވީ ކުއްލިއަކަށެވެ. އެެވެސް ސީދާ މަޖިލީހަށް އެމައްސަލަ ވެއްދުމަށް ކޮންފިޑެންޝަލް ގޮތަކަށް ތައްޔާރުވަމުންދަނިކޮށެވެ. ޕާޓީގެ ގައުމީ މަޖިލީހަށް އެމައްސަލަ ވެއްދުމަށްފަހު އެކަންކުރިއަށް ގެންދެވޭނެ ގޮތް އޮއްވައެވެ.
މީގެކުރިންވެސް މިފަދަ ކިތަންމެކަމެއް ވެފަ އެބަހުއްޓެވެ. ރައީސް ނަޝީދު ދައްކަވާ ވާހަކަފުޅުތައް އިތުރަށް ތަފްސީލް ކޮށްދެއްވަން ހުންނަ ބޭފުޅެއްގެ ގޮތުގައި ރައީސް ސޯލިހު ގިނަ ބަޔަކު ފާހަގަކުރެއެވެ.
މަޖިލީހުގައި ރިޔާސަތުގައި އިންނަވައިގެމް ރައީސް ނަޝީދު ދައްކަވާ ކިތަންމެ ވާހަކަތަކެއްގެ ތަރުޖަމާ ރައީސް ސޯލިހު ވަނީ ދެއްވާފައެވެ. ނޫނީ ސަރުކާރުގެ ސީދާ ބަހެއް ރައީސް ސޯލިހު ދެއްވާއިރު ރައީސް ނަޝީދުގެ ވާހަކަތަކާއި ދިމާނުވާ މަންޒަރު ފެނެއެވެ. ފުލުހުންގެ ބިލާއި ފުލުހުންނާއި ގުޅޭގޮތުން ދެބޭފުޅުން ދެއްކެވި ވާހަކަތަކަކީ މިކަމުގެއެއް މިސާލެވެ.
ވަރަށް ގިނަ ބަޔަކަށް ގައުމުގައި ދެ ވެރިއަކު ހަރަކާތްތެރިވާހެންވެސް ހީވެެެއެވެ. މިއީ މިކަންކުރިއަށް ދާންވީ ގޮތްކަމަށްވީނަމަ ކުރިއަށް އަންނަން އޮތީ ޔަގީނުންވެސް ބަަނަ ދުވަސްތަކެކެވެ.
ރައީސް ސޯލިހާއި ނަޝީދުގެ ވާދަވެރިކަމުގެއިތުރަށް ޕާޓީގެ އެހެން މެމްބަރުންގެ މެދުގައިވެސް ބަހުގެހަމަލާތައް ވަނީއަމާޒުކޮށްފައެވެ. މެމްބަރު އަލީ އާޒިމާއި ރޮޒައިނާ އާދަމާއި އިމްތިިޔާޒް ފަހުމީމެންފަދަ ބޭފުޅުންގެ ބަހުގެ ހަމަލާތައް ފާހަގަކޮށްލެވެއެވެ.
ހުރިހާ ދިމާލަކުން ބާރުތައް މުށުތެރޭގައި އޮތްއިރު މި ހަމަނުޖެހުމަކީ ކީއްވެ އުފެދެންޖެހޭ ކަންކަމެއްތޯ ސުވާލުއުފެދެއެވެ. ކޮން ކަމެއް ހާސިލް ނުވެގެން އުފެދިފައިވާ ކޯޅުންތަކެއްތޯ ސުވާލު އުފެދެއެެވެ. އިނގޭހާވެސް އެއްޗަކީ ގައުމަށް ހަމަޖެހުމާއި ތަރައްގީ ގެނައުމަށް ކުރީ ސަފުގައި ތިބި މީހުންގެ މެދުގައި ހަމަޖެހުންެނެތި ހާސިލްކުރަން ބޭނުންވާ ކަންކަން ހާސިލްނުވާނެ ކަމެވެ. ގައުމު ހަމައަކަށް އެޅުވުމުގެ ކުރިން ފުރަތަމަ ޖެހެނީ ޕާޓީ ހަމައަަކަށް އަޅުވަންކަން ޕާޓީގެ މެމްބަރުންވެސް ގަބޫލުކުރަންޖެހޭކަމަށް ގަބޫލުުކުރެވެއެވެ.

