ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުދައްރިސުންނަށް ފުރައްސާރައާއި ހަނގާ ކުރަމުންދާތީ ޓީޗަރސް އެސޯސިއޭޝަނުން އެކަން ކުށްވެރިކޮށްފި

ނިއު ނޯމަލްގައި ސްކޫލެއްގައި ކިޔަވައިދެނީ
ޝެއާރކޮށްލާ ކަހަލަދޯ؟

މުދައްރިސުންނަށް ފުރައްސާރައާއި ހަނގާ ކުރަމުންދާތީ ޓީޗަރސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އެކަން ހަރުކަށި ޢިބާރާތުން ކުށްވެރިކޮށްފިއެވެ.

ޓީޗަރސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން މި ކަން ހަރުކަށި ޢިބާރާތުން ކުށްވެރިކޮށްފައިވަނީ މުދައްރިސުން ޓެލިކިލާސްތައް ނަގައިދޭ ގޮތާއި ގުޅިގެން މުދަރިއްސުންނަށް ފުރައްސާރަކުރާ ވީޑިއޯތަކެއް މީސް މީޑިއާގައި ދައުރުވަމުންދާތީއެވެ.

މި ކަން ކުށްވެރިކޮށް ޓީޗާރސް އެސޯސިއޭޝަނުން ކުރި ޓްވީޓެއްގައި ބުނީ ‏ދަރިވަރުންނަށް ކުރިއެރުން ހޯދައިދިނުމަށާއި ކާމިޔާބަށް ވާސިލުކޮށްދިނުމަށްޓަކައި މުދައްރިސުން ބޮޑެތި ޤުރުބާނީތަކެއް ވަމުން އަންނަ ކަމަށެވެ. އަދި

ޤައުމަށް ދިމާވެފައިވާ މި ފަދަ ޙައްސާސް ދަނޑިވަޅެއްގައި މުދައްރިސުންނަށް ކުރަމުންދާ ހަނގާ އަދި ފުރައްސާރަ ހަރުކަށި އިބާރާތުން ކުއްވެރިކުރާކަމަށް ޓީޗާރސް އެސޯސިއޭޝަނުން ބުނެއެވެ.

ޓީޗާރސް އެސޯސިއޭޝަންގެ މި ޓްވީޓާއި ގުޅިގެން ޢާންމު ފަރާތަކުން ބުނީ ‏‎‎‎މުދައްރިސުންގެ ޙައްޤުގައި ވަކާލާތުކުރުމުގައި އެޑިއުކޭޝަން މިނިސްޓްރީން އިސްނަންގަވަން ޖެހޭކަމަށެވެ. އަދި މުދައްރިސުން ކޮށްދެއްވާ ކަންކަން އެންމެ ރަނގަޅަށް އެނގޭނީ ހަމަ އެ ބޭފުޅުންނަށްކަމަށް ވެސް ބުނެފައިވެއެވެ.

މީގެ އިތުރުން ޓްވީޓަށް ރިޕްލައިކުރި އެހެން ފަރާތަކުން ވަނީ ‏‎‎‎މުދައްރިސުންނަކީ ވެސް ޙައްޤުތަކެއް ލިބިގެންވާ ބައެއްކަމަށް ބުނެ އަބުރުވެރި ދިރިއުޅުމެއް އުޅުމުގެ ޙައްޤު މުދައްރިސުންނަށް ވެސް ލިބެންޖެހޭކަމަށް ބުނެފައެވެ. ‎

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: