ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރީގެ މެމްބަރު ހުސެއިން މުހައްމަދު އަވަހާރަވެއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ހުސެއިން މުހައްމަދު އަވަހާރަވެއްޖެއެވެ.

ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި ހުސެއިން މުހައްމަދު އަވަހާރަވީ ޓްރީޓޮޕް ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދެމުން ދަނިކޮށް ރޭގެ ވަގުތެއްގައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިދިޔަ ދައުރުގައި މަތިވެރި ދާއިރާގެ މެމްބަރުކަން ކުރެއްވި ހުސެއިން މުހައްމަދު ވަނީ ރާއްޖޭގެ ސިޔާސީ ދާއިރާގައްޔާއި ތައުލީމީ ދާއިރާގައި އަދި މީޑިއާގެ ދާއިރާގައި ގިނަ ހިދުމަތްތަކެއް ކުރައްވާފައެވެ.

އެގޮތުން ސިޔާސީ ދާއިރާއަށް ބަލާލާއިރު އަރިއަތޮޅު އުތުރުބުރީ މެމްބަރުކަން 2005 އިން 2009 ކުރެއްވިއެވެ. އަދި މަތިވެރި ދާއިރާގެ މެންބަރުކަން 2009 އިން 2019 އަށް ކުރެއްވިއެވެ. ތައުލީމީ ދާއިރާއަށް ބަލާލާއިރު އެޑިއުކޭޝަން މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ކަމާއި މިނިސްޓަރުގެ ނައިބުކަން ކުރެއްވިއެވެ.

ހުސެއިން މުހައްމަދު ވަނީ، މީޑިއާގެ ދާއިރާ އާއި ތައުލީމީ ދާއިރާގައި ގިނަ ހިދުމަތްތަކެއް ކުރައްވައިފަ އެވެ.

އެގޮތުން ޓީވީއެމްގެ ޑެޕިއުޓީ ޑިރެކްޓަރ، ކަމުގެ މަޤާމާއި ޑިރެކްޓަރ އޮފް ޕްރޮގްރާމްސްގެ މަގާމުގެ އިތުރުން ޓީވީއެމްގެ އެންމެ އިސްވެރިޔާގެ މަޤާމުވެސް ޙުސައިން މުޙައްމަދު އަދާކުރައްވާފައިވެއެވެ،

މީގެ އިތުރުން ދިވެހިރާއްޖޭގެއަޑާއި އާފަތިސް ނޫހުގައިވެސް ގިނަ ދުވަސްތަކެއްވަންދެން ބޭރު ދުނިޔޭގެ ޚާބަރުތައް ލިޔުއްވާފައިވެއެވެ.

ވަރަށް ގަދަ
25%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 75%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: