އއ. މަތިވެރިން އިތުރު މީހަކު ކޮވިޑް-19 އަށް ޕޮޒްޓިވްވެއްޖެއެވެ.
މަތިވެރީ ހެލްތް ސެންޓަރުގެ ސީނިއަރ އެޑްމިނިސްޓްރޭޓަރ އޮފް ހެލްތް މުހަންމަދު މާޙިދު ވަނީ ”ސަންގު“ އަށް މިކަން ކަށަވަރުކޮށްްދެއްވާފައެވެ.
މާހިދު ވިދާޅުވީ އެރަށުން މިއަދު ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ އިއްޔެ އެ ރަށުން ޕޮޒިޓިވްވި އުމުރުން 23 އަހަރުގެ އަންހެން މީހާގެ މަންމަ ކަމަށެވެ. އެ މީހާ ޕޮޒިޓިވްވީ ހޯމް ކަރަންޓީންގައި ހުއްޓާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މިއީ މަތިވެރިން ކޮވިޑަށް ޕޮޒިޓިވްވި ތިން ވަނަ މީހާ އެވެ. އިއްޔެ ފައްސިވި މީހާގެ އާއި އޭނާގެ މަންމަގެ އިތުރުން މީގެ ކުރިން ފައްސި ވެފައިވަނީ އިންޑިއާ ރައްޔިތެކެވެ.
އެރަށް މޮނީޓަރިންގ އަށް އަދި ނުލާ ކަމަށާއި އެހެން ނަމަވެސް އެޗްޕީއޭ އާއެކު މަޝްވަރާ ކުރެވެމުން އަންނަ ކަމަށް މާހިދު ވިދާޅުވެފައިވެއެވެ.

