މިއަދު އިރުއޮއްސި 18:00 އާއި ހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެ އިން އިތުރު 125 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.
މިއަދު ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން 125 މީހުންނަކީ ދިވެހިންނެވެ. ދެން ހިމެނެނީ ބަންގްލަދޭޝްގެ ފަސް މީހަކާއި އިންޑިއާގެ ފަސް މީހަކާއި ލަންކާގެ ދެމީހަކާއި ނޭޕާލް މީހެކެވެ.
މިއަދު ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންނާއި އެކު ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 8486 އަށް އަރާފައެވެ.
މިއަދު ފައްސިވި މީހުންގެ ތެރެއިން 19 މީހުންނަކީ ގދ.ހޯނޑެއްދޫން ފައްސިވި މީހުންނެވެ. ދެން ފައްސިވި އެންމެން ވެސް ފައްސިވީ މާލެ އިންނެވެ.

