ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިޔަފާރި ބަނދަރުން ދަންވަރު ގަޑީގައި ހިދުމަތް ދޭން ނަގާ ސާޗާޖު އުވާލާނީ މި މަސް ނިމުމުން!

އެމްޕީއެލްގެ މުދާ ކްލިއާ ކުރުމުގެ މަސައްކަތްތައް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ބެލުމުގެ ަދަށުގައިވާ ބަނދަރުތަކުން ނަގާ ހޭންޑްލިން އަދި ވޯފޭޖް ޗާޖުތަކަށް ގެންނަން ނިންމާފައިވާ ބަދަލުތަކަށް އަމަލުކުރުން ފަސްކޮށްފައިވާކަމަށް އެ ކުންފުނިން ބުނެފިއެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މާލޭގެ ވިޔަފާރި ބަނދަރުން ދަންވަރު ގަޑީގައި ހިދުމަތް ދޭން، ނަގަމުން ގެންދާ 30 އިންސައްތަ ޗާޖު ކަނޑާލުމަށް ނިންމާ އެކަން އާއްމުކޮށްފައިވަނީ މިދިޔަ ހަފްތާގެ ތެރޭގައެވެ. އަދި މި ކުންފުނީގެ ބެލުމުގެ ދަށުގައިވާ ބަނދަރު ތަކުން ނަގާ ހޭންޑްލިން އަދި ވޯފޭޖް ޗާޖުތައް އެ މުއްދަތުން ފެށިގެން ބަދަލު ގެންނާނެ ކަމަށް ވެސް އެމްޕީއެލްއިން ވަނީ ބުނެފައެވެ. ރޭގަނޑު ފޯރުކޮށްދޭ ހިދުމަތްތަކުގެ ތެރެއިން 23:30 އިން ހެނދުނު 7:30 އަށް ނަގަމުން ދިޔަ 30 އިންސައްތައިގެ ޗާޖު މި މަހުގެ 13 ވަނަ ދުވަހުން ފެށިގެން ކަނޑާލަން ނިންމާފައިވާފައި ވީ ނަމަވެސް އެ އުސޫލަށް އަމަލު ކުރުން މިހާރު ފަސްކޮށްފައިވާ ކަމަށް އެމްޕީއެލްއިން މައުލޫމާތު ދެއެވެ.

އުސޫލަށް އަމަލު ކުރުން ފަސް ކުރާ ސަބަބު އެމްޕީއެލްއިން ހާމައެއް ނުކުރެއެވެ. ނަމަވެސް ކުންފުނިން އާއްމު ކުރި ބަޔާނެއްގައިި ބުނެފައިވަނީ ޗާޖުތަކަށް ގެނައި ބަދަލަށް އަމަލުކުރަން ފަށާނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކަމަށެވެ.

އެމްޕީއެލްއިން މިގޮތަށް ނިންމާފައިވަނީ، ކުންފުނިން ސާޗާޖު ނަގާތީކަމަށް ބުނެ އެޖެންޓުންތައް އިތުރު ފީތަކެއް ނަގަމުންދާތީ އެވެ. މި ބަދަލާއި އެކު އެކި ނަންނަމުގައި ނަގާ ފީތަކަށް ނިމުމެއް ވެސް އަންނާނެ ކަމަށް އެމްޕީއެލްއިން ވަނީ ބުނެފައެވެ.

ސަންގުޓީވީގެ ފުރަމެންދުރު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އެމްޕީއެލްގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރު އަހުމަދު އިނާން މީގެ ކުރިން ވިދާޅުވެފައިވަނީ ދަންވަރު ނަގާ ސާޗާޖު އުވާލަން ނިންމާފައިވަނީ، މުދާ ކްލިއާ ކުރާ އޭޖެންޓުން އެކި ނަންނަމުގައި ފީ ނެގަމުންދާތީ ކަމަށެވެ. މި ޗާޖު ކަނޑާލުން ވިޔަފާރިވެރިންނަށް ފަސޭހަތަކެއް ވާނެކަން ފާހަގަކުރައްވާ އިނާން ވިދާޅުވީ މީގެ ފަހުން ވިޔަފާރިވެރިން ދައްކަން ޖެހޭ އަދަދު ކުޑަވާނެ ކަމަށެވެ. އަދި ކުރިން ވިޔަފާރިވެރިން މުދާ ކްލިއާ ކުރާއިރު ހޭންޑްލިމް ވާލްފޭޖް ދައްކާއިރު، 30 އިންސައްތައިގެ ސާރ ޗާޖަކީ އެމްޕީއެލްއަށް ދައްކަން ވިޔަފާރިވެރިންގެ އަތުން ނަގާ ޗާޖެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: