މިއަދު ރާއްޖެއިން އިތުރު 121 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
އެޗްޕީއޭ އިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 75 ދިވެހިންނާއި 46 ބިދޭސީން ކަމަށެވެ.
މިއާއެކު މިހާތަނަށް ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 9173 އަށް އަރާފައެވެ. މީގެތެރެއިން 1809 މީހުންނަށް ފަރުވާ ދެމުން އަންނައިރު 113 މީހުންނަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.
މިއަދު އިތުރު271 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، ބަލިން ފަސޭހަވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 7326 އަށް އަރާފައެވެ.
މި ބަލީގައި ރާއްޖެއިން މިހާތަނަށް ވަނީ 32 މީހަކު ނިޔާވެފައެވެ.

