ފްލައި ދުބާއީގެ ދަތުރުތައް ރާއްޖެއަށް އަލުން ފަށަން ނިންމައިފި އެވެ.
ފްލައި ދުބާއީއާ ހަވާލާދީ ޔޫއޭއީގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި އެ އެއާލައިނުގެ ދަތުރުތައް ރާއްޖެއަށް ފަށަނީ އަންނަ މަހުގެ 27 ގައެވެ.
ފްލައި ދުބާއީގެ ދަތުރުތައް ރާއްޖެއަށް ފެށީ 2013 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގަ އެވެ. ނަމަވެސް 2018 ވަނަ އަހަރު އެ އެއާލައިންގެ ދަތުރުތައް ވަނީ ހުއްޓާލައިފަ އެވެ.
ކޮވިޑާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހު އަލުން ހުޅުވާލި ފަހުން މިހާތަނަށް 13،000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.

