ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮޗިން ފެރީއާއެކު މިއެޅުނީ ބޮޑުތިލަދުންމަތި ތަރައްގީކުރުމުގެ ބިންގާ: ޝާހިދު

ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު. ފޮޓޯ: ފޮރިން މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިޔާއާއި ރަޢްޖެއާ ދެމެދު ފެށުނު ކާގޯ ފެރީއާއެކު، އެޅިގެންމިދިޔައީ ބޮޑުތިލަދުންމަތީގެ ތަރައްގީގެ ބިންގާކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އިންޑިޔާއާއި ރާއްޖެއާ ދެމެދު ފެށި ކާގޯ ފެރީގެ ފުރަތަމަ ބުރުގައި، ފެރީ މިއަދު ހެނދުނު ވަނީ ކުޅުދުށްފުއްޓަށް ބަނދަރުކޮށްފައެވެ. މިކަން ފާހަގަކުރުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަފުޅު ދައްކަވަމުން މިނިސްޓަރ ޝާހިދު ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ޚިދުމަތްތައް ލާމަރުކަޒުކުރުން ކަމަށެވެ.

އެހެންކަމުން، މިއަދު މިފެށުނު ކާގޯ ފެރީގެ ސަބަބުން، މާލޭއިން ބޭރުގައި އެކި އެކި މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް އިތުރު ބާރަކަށް ވާނެކަމަށް ވިދާޅުވިއެވެ. އަދި ކުޅުދުއްފުށްޓަށް މުދާ ބާލަން ފެށުމުގެ ސަބަބުން، އެކަމުގެ ފައިދާ ސީދާ ކުޅުދުއްފުށީގެ ރައްޔިތުންނަށް ކުރާނެކަމަށް ވިދާޅުވިއެވެ. މިކަމުގެ ނަފާ ފަހުން އަދި ފެންނާނެކަމުގައި ޝާހިދު ވިދާޅުވިއެވެ.

ކާގޯ ފެރީ ކުޅުދުއްފުށީގައި

ޝަހިދުގެ ވާހަކަފުޅުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުތުރުގެ ރަށްތައް ތަރައްގީކުރެއްވުމުގައި ގެންގުޅުއްވަނީ ވަރަށް ހަރުދަނާ ސިޔާސަތެއްކަމަށް ވަނީ ވިދާޅުވެފައެވެ. އަދި އެކަންކަމުން ފެނިގެންދަނީ އުފާވެރި މަންޒަރެއްކަމަށް ޝާހިދު ވިދާޅުވިއެވެ.

އެގޮތުން ބަލާއިރު، ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުމަކީ މިފަދަ އެއް މަޝްރޫއުކަމަށް ޝާހިދު ވިދާޅުވިއެވެ.

ބައިނަލްއަގްވާމީއޭ ޖަހާލުމަކުން ނުފުދޭ. އަޅުގަނޑުމެން ބޭނުންވަނީ ޚިދުމަތްތައް ބައިނަލްއަގްވާމީ ކުރަން

ޝަހިދު ވިދާޅުވީ، ތަރައްގީގެ ކޮންމެ މަޝްރޫއެއް ފެށުމާއި ދިމާކޮށް ފިތުނަ އުފެއްދުމަށް މަސައްކަތްކުރަމުންދާ ބަޔަކު އުޅޭ ކަމަށެވެ. އެހެންނަމަވެސް، އެކަންކަމަށް އަޅާނުލުމަށް ގޮވާލައްވާކަމަށާއި ރައީސް ސޯލިހުގެ ވިސްނުންފުޅަކީ ރައްޔިތުންނަށް ފައިދާވާނެ ކަަންކަން ކޮށްދިނުންކަމުގައި ޝާހިދު ވިދާޅުވިއެވެ.

މިފަދަ މަސައްކަތްތައް ކުރެވި ރަނގަޅު ނަތީޖާތައް ފެންނަމުންދަނީ އިންޑިޔާއާއި ރާއްޖެއާ ދެމެދު އޮންނަ ގާތް ގުޅުމުގެ ސަބަބުންކަމަށް ވިދާޅުވިއެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާ ދެމެދު އޮންނަ ގާތްގުޅުން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އިންޑިޔާގެ ޓުޓިކޮރިންއިން ކޮޗިންއަށް ދިޔުމަށްފަހު، ކޮޗިންއިން ރާއްޖެއައުމަށް ”އެމްސީޕީ ލިންޒް“ ފުރީ މިމަހުގެ 22 ވަނަ ދުވަހުއެވެ. ކުޅުދުއްފުށީގެ ބޭޭރު ކަނޑުގައި މިފެރީ މިހާރު ބަނދަރުކޮށްފައިވާއިރު ކުޅުދުއްފުށީ ޕޯޓަށް މުދާ ބޭލުމަށްފަހު، ދެދުވަހެއްގެ ތެރޭ މާލޭގެ ޕޯޓުގައި ބަނދަރުކުރާނެއެވެ. ކޮންމެ ދަތުރެއްގައި 10 ވަރަކަށް ދުވަސް ހޭދަވާނެކަމަށް ކާގޯ ފެރީގެ ރާއްޖޭގެ އެޖެންޓްގެ ގޮތުގައި ހަރަކާތްތެރިވާ ސްޓޭޓް ޝިޕިން ކުންފުނިން މައުލޫމާތުދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: