އޭއެފްސީން ހުޅުވާލައިގެން ކުރިއަށް ގެންދާ ”އޭއެފްސީ ބްރެކެޓް ޗެލެންޖް“ ގެ ސެމީފައިނަލްގައި ވޯޓުލުމަށް ހުޅުވާލައިފިއެވެ.
ރާއްޖޭގެ އަލީ އަޝްފާގު (ދަގަނޑޭ) އާއި ވިއެޓްނާމުގެ ގުޔެން ގުއެންގް ހައި އަށް ވޯޓުލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިއަދު ހެދުނުއެވެ..
މި ޗެލެންޖުގެ ސެމީފައިނަލުގައި ވާދަކުރާ ކުޅުންތެރިން ނިސްބަތްވާ ޤައުމުތަކަކީ ރާއްޖޭގެ އިތުރުން ހޮންކޮން އާއި މެލޭޝިއާގެ އިތުރުން ވިއެޓްނާމް އެވެ. .
ސެމީފައިނަލުގެ ފުރަތަމަ ޗެލެންޖުގައި ވާދަކުރަނީ މެލޭޝިއާގެ ސަފާވީ ރާޝިދް އާއި ހޮންކޮންގެ ޗަން ސިއު ކީ އެވެ. މި ދެ ކުޅުންތެރިންނަށް ވޯޓުލުމުގެ ފުރުސަތު އިއްޔެ ހުޅުވާލާފައިވާއިރު މިވަގުތުގެ ނަތީޖާތައް ދައްކާގޮތުން ކުރީގައި އުޅެނީ ސަފާވީ ރާޝިދެވެ.
މި ޗެލެންޖުގެ ކުއާޓާފައިނަލުގައި ވެސް ދަގަނޑޭ ވާދަކޮށްފައިވަނީ ވިއެޓްނާމުގެ ކުޅުންތެރިއަކާއެވެ. ކުއާޓާގައި ގުޔެން ވެން ގުޔެޓް އާއި ވާދަކޮށް ދަގަނޑޭ ކާމިޔާބުކުރީ ކުޑަ ތަފާތަކުންނެވެ.

